ads
މިސްޓަ މޯލްޑިވްސް 2023 ގެ ތެރެއިން ޗެމްޕިއަން އެމްއެންޑީއެފް ޓީމު
ދެކުނު އޭޝިޔާގެ ބޮޑީ ބިލްޑިން މުބާރާތް ރާއްޖޭގައި ފަށައިފި
ދެކުނު އޭޝިޔާގެ ބޮޑީ ބިލްޑިން މުބާރާތް މިއަދު ރާއްޖޭގައި ފަށައިފިއެވެ.

މުބާރާތް ކުރިއަށް ދަނީ ސޯޝަލް ސެންޓަރުގައެވެ. މި މުބާރާތުގައި ރާއްޖޭގެ 18 ބޮޑީ ބިލްޑަރުން ވާދަކުރެއެވެ. ރާއްޖޭގެ އަމާޒަކީ މިފަހަރުގެ މުބާރާތުގެ ރަން މެޑައްޔެވެ. 

މީގެ ކުރިން މި މުބާރާތުގައި ބައިވެރިވާން ހަމަޖެހިފައި އޮތީ ރާއްޖޭގެ 10 ބޮޑި ބިލްޑަރުންނެވެ. ނަމަވެސް ނިމިގެންދިޔަ މިސްޓަ މޯލްޑިވްސްއަށްފަހު ގިނަ ބޮޑީ ބިލްޑަރުންތަކެއް މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރިއެވެ. އެހެންކަމުން ރާއްޖޭ ޓީމުގެ މެންބަރުންގެ އަދަދު ވަނީ 18 އަށް އިތުރު ކޮށްފައެވެ. 

މިފަހުން ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި 21 ވަނަ ނޭޝަނަލް ބޮޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް "އާބަންކޯ މިސްޓަ މޯލްޑިވްސް 2023" ގެ ޓީމް އިވެންޓްގެ ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފްއިންނެވެ. މިސްޓަ މޯލްޑިވްސްގެ މަގާމު މިފަހަރުވެސް ހޯދީ މުހައްމަދު ޔާމީން (ޔާންބެ) އެވެ. އަދި އެތުލެޓީކް ފިޒީކް ކެޓަގަރީން ޗެމްޕިއަންކަން ހޯދީ އަޒްނީން ރަޝާދެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް