ads
ޓްރީ ޓޮޕް ހޮސްޕިޓަލުން ޕޯސްޓް ހައްޖު އަދި އުމްރާ ސްކްރީނިންގް ޕެކޭޖްތަކެއް - ފޮޓޯ:ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލުން ޕޯސްޓް ހައްޖު އަދި އުމްރާ ސްކްރީނިންގް ޕެކޭޖްތަކެއް
ޓްރީ ޓޮޕް ހޮސްޕިޓަލުން ޕޯސްޓް ހައްޖު އަދި އުމްރާ ސްކްރީނިންގް ޕެކޭޖްތަކެއް ތައާރަފުކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ ޕޯސްޓް ހައްޖާއި އުމްރާ ހެލްތު ސްކްރީނިން ޕެކޭޖް ތައްޔާރުކުރެވިފައިވަނީ ހައްޖު އަދި އުމްރާއިން އެނބުރި އަންނަ ފަރާތްތަކުގެ ސިއްހަތު ރަނގަޅުތޯ ބެލުމަށްޓަކައި ކުރިއަށް ގެންދެވޭ ޓެސްޓްތައް ހިމެނޭގޮތަށް ކަމަށެވެ.

ޕޯސްޓް މެޑިކަލް ޗެކަޕްގެ ބޭނުމަކީ ހައްޖު ދަތުރުގައި ޖެހޭ އެއްވެސް ބައްޔެއް، ވައިރަހެއް ނުވަތަ އެއްވެސް ބައްޔެއް ފެތުރުމުގެ ނުރައްކަލެއް ހުރިތޯ ބަލައި ޗެކްކޮށް އެ ބައްޔެއް ފެތުރުމުގެ ފުރުސަތު ކުޑަކުރުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ. އެ ހޮސްޕިޓަލުން ބުނެފައިވަނީ ދަތުރުކުރުމަށްފަހު މެޑިކަލް އިވެލުއޭޝަނެއް ހޯދުމަކީ ތިމާގެ ސިއްހީ ހާލަތު ވަޒަންކުރުމަށާއި ލޯބިވާ މީހުންނަށް އެއްވެސް ބައްޔެއް ފެތުރުމުގެ ފުރުސަތު ކުޑަކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ހައްޖުކުރުމަށްފަހު ގިނަ އަދަދެއްގެ ފަރުދުންނަށް ބޮޑެތި ސިއްހީ މައްސަލަތައް ކުރިމަތިވާ ކަމަށާއި މިފަދަ ޗެކްއަޕްތައް ހެދުމަކީ ވަރަށް މުހިންމުު ކަމެއް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ. 

އިތުރު މައުލޫމާތު ހޯދުމަށް 3351610 ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް