ads
މުޒާހަރާއިން ހައްޔަރުކުރިމީިހާ
މުޒާހަރާއިން ހައްޔަރުކުރިމީިހާ ކައިރީގައި ކުޑަކުއްޖަކު ނެތް: ފުލުހުން
ޕީޕީއެމް-ޕީއެންސީން ބޭއްވި އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއަކީ އެތުރިގެން ތިބި ފުލުހުންގެ ސަފުގެ ކުރިމައްޗަށް އަރައި ފުލުހުންނާ ދިމާއަށް އެއްޗެއް އެއްލި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއް ކަމަށާއި އަދި އެމީހާ ހައްޔަރުކުރި ވަގުތު އެމީހާ ކައިރީގައި ކުޑަކުއްޖަކުު ނެތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ، ކުޑަކުއްޖަކު ގޮވައިގެން ސައިކަލުގައި ދިޔަ މީހަކު އެއްވެސް ބެލުމެއްނެތި ވީނުވީއެއް ނޭނގި ފުލުހުން ހައްޔަރުކުރި ކަމަށް ޕީޕީއެމް-ޕީއެންސީ އިން ބުނުމާއި ގުޅިގެންނެވެ.

އެ ކޯލިޝަނުން ރޭގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިހުތިޖާޖު ހިނގަމުން ދަނިކޮށް އެސަރަޙައްދުން ކުޑަކުއްޖަކާއެކު ސައިކަލެއްގައި ދަތުރު ކުރަމުން ދިޔަ މީހަކު އެއްވެސް ބެލުމެއް ނެތި، ވީނުވީއެއް ނޭނގި ކުޑަ ކުއްޖެއްގެ ކުރިމަތިން އަނިޔާވެރިކަމާއެކު ހައްޔަރު ކުރި ކުރުން އެއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް ފުލުހުން މިއަދު ބުނީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތް ކުރިއިރު އެމީހާގެ ކައިރީގައި ކުޑަކުއްޖަކު ނެތްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް