ads
އަމީނީ މަގުގެ މަސައްކަތް ކުރިއަށް ދަނީ
އުޅަނދުތައް ނަގަންދިން މުއްދަތު މާދަމާ ހަމަވާނެ, މާދަމާއިން ފެށިގެން ޓޯކުރާނެ
އަމީނީ މަގުގައި ގަވާއިދާ ހިލާފަށް ޕާކު ކުރަމުންދާތީ، މާދަމާއިން ފެށިގެން އެ މަގުގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯކުރަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު މިކަން ހާމަކޮށްފައެވެ. އެގޮތުން، އަމީނީ މަގުގައި ގަވާއިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކުކޮށްފައި ހުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި، ހިނގާބިނގާވެ އުޅޭ މީހުުންނަށާއި ދުއްވާ އުޅަނދުފަހަރަށް ދަތިވާކަން ފާހަގަކުރެވިފައި ވާކަމަށް އެ އިދާރާއިން ބުނެއެވެ.

މި މައްސަލަ ހައްލުކުރުމަށްޓަކައި، ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް އެ މަގުން ނެގުމަށް ތިން ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން މާދަމާއިން ފެށިގެން އެ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ކުރާނެކަމަށް ފުލުހުން ބުނެއެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ބޮޑުތަކުރުފާނުމަގު ހެންވޭރާ ހިސާބުން ފެށިގެން ބިލަންބޮންގު ހައި އިންޓަނޭޝަނަލް ސްކޫލާ ހަމައަށް މިހާރު ވަނީ ތާރު އަޅައި މަގު ހުޅުވާލާފައެވެ. ނަމަވެސް ސްޓެލްކޯއިން ފެށިގެން ބޮޑުތަކުރުފާނު މަގާ ހަމައަށް ގިނަ އަދަދެއްގެ އުޅަނދުތައް ހުރީ ޕާކުކޮށްފައެވެ. މީގެ ސަބަބުން މަގުގެ ބޮޑު ޖާގައެއް ގެއްލި، ދުއްވާ މީހުންނާއި ހިނގާބިނގާވާ މީހުންނަށް ދަތިވާތީ ކަންބޮޑުވުން ފާޅުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް