ads
މުބާރާތުގެ ރަން ވަނަތައް ހޯދި ބައިވެރިން
ދެކުނު އޭޝިޔާ ބޮޑީ ބިލްޑިން މުބާރާތުގައި ރާއްޖެއަށް 9 މެޑަލް
ރާއްޖޭގައި ކުރިއަށް ގެންދިޔަ 13 ވަނަ ދެކުނު އޭޝިޔާގެ ބޮޑީ ބިލްޑިން މުބާރާތުގައި ރާއްޖެއިން 9 މެޑަލް ހޯދައިފިއެވެ.

މި މުބާރާތުގައި ރާއްޖެއިން ވަނީ ހަތަރުން ރަން މެޑައްޔާއި، ތިން ރިހި މެޑަލްގެ އިތުރުން ދެ ލޯމެޑަލް ހާސިލްކޮށްފައެވެ. މި މުބާރާތުގައި ރާއްޖޭގެ 18 ބޮޑީ ބިލްޑަރުން ވަނީ ވާދަކޮށްފައެވެ. 

ރާއްޖޭގެ އަޒްނީން ރަޝީދު ވަނީ ސްޕޯޓްސް ފިޒީކް އަޕް 170 ސެންޓިމީޓަރުގެ ކެޓަގަރީން ރަން މެޑަލް ހޯދާފައެވެ. މިއީ އޭނާ މި މުބާރާތުގެ މި ކެޓަގަރީން ރަން މެޑަލް ހާސިލްކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރުވެސް އޭނާ ވަނީ މި ކެޓަގަރީގެ ރަން މެޑަލް ހޯދާފައެވެ. 

މީގެ އިތުރުން މުހައްމަދު ޔާމީން (ޔާންބެ) ވަނީ 85 ކިލޯގެ ކެޓެގަރީން ރަން މެޑަލް ހޯދާފައެވެ. އަދި ރާއްޖޭގެ މުހައްމަދު މޫސާ (މޯޑު) ވަނީ 55 ކިލޯގެ ކެޓަގަރީން ރަން މެޑަލް ކާމިޔާބު ކޮށްފައެވެ. ހަމަ އެހެންމެ އަބްދުﷲ އަހުސަން ވަނީ އެތުލެޓިކް ފިޒީކް 175 ސެންޓިމީޓަރުގެ ކެޓަގަރީން ރަން މެޑަލް ހޯދާފައެވެ. މިފަހުން ރާއްޖޭގައި ބޭއްވި މިސްޓަ މޯލްޑިވްސް މުބާރާތުގެ މި ކެޓަގަރީންވެސް އޭނާ ވަނީ ރަން މެޑަލް ކާމިޔާބު ކޮށްފައެވެ. 

ރިހި މެޑަލް ހޯދާފައިވަނީ ޖޫނިއާ 75 ކިލޯގެ ކެޓަގަރީން ޝާލު އިބްރާހިމާއި، އެތުލެޓިކް ޕިޒީކް 167 ސެންޓްމީޓަރުގެ ކެޓަގަރީން ފަތުހުﷲ މުހައްމަދާއި ސްޕޯޓްސް ފިޒިކް 180 ސެންޓްމީޓަރުގެ ބައިން މުހައްމަދު އިމްރާން އިބްރާހީމެވެ. ލޯ މެޑަލް ހޯދާފައިވަނީ ޖޫނިއާ 75 ކިލޯގެ ކެޓަގަރީން އަޝްޔަމް މުހައްމަދު ޝަފީގާއި ސްޕޯޓްސް ފިޒީކް އަޕް 175 ސެންޓިމީޓަރުގެ ކެޓަގަރީން އަލީ ސަލީމް އިބްރާހީމެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑިއާ، ޕާކިސްތާނު، އަފްގާނިސްތާނު އަދި ނޭޕާލްގެ އިތުރުން، ސްރީ ލަންކާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް