ads
ޔާމީން ޝަރީއަތުގައި
ޔާމީންގެ މައްސަލަ އަނެއްކާ މާދަމާއަށް ތާވަލުކޮށްފި
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑު އެހުމެއް މާދަމާ ބޭއްވުމަށް އަނެއްކާވެސް ތާވަލުކޮށްފިއެވެ.
Advertisement

ފުއްގިރި މައްސަލައިގެ އަޑު އެހުމެއް މާދަމާއަށް އަނެއްކާވެސް މި ތާވަލުކުރީ، މިދިޔަ ހަފްތާގައި ބާއްވަން މަސައްކަތް ކުރި އެއްވެސް އަޑު އެހުމެއް ނުބޭއްވި އޮތުމަށް ފަހުއެވެ. މިދިޔަ ހަފްތާގެ އިތުރުން، އީދު ބަންދުގެ ކުރިން ބާއްވަން މަސައްކަތް ކުރި ދެ އަޑު އެހުންވެސްވަނީ ކެންސަލް ވެފައެވެ.

މިދިޔަ ހަފްތާގައި ބާއްވަން މަސައްކަތް ކުރި އަޑު އެހުންތައް ކެންސަލް ކުރީ، އެ މައްސަލައިގައި ހިމެނޭ، ކުރިކީލަހިޔާ އަހުމަދު ކުރިކް ރިޒާ ބަލިވެ އުޅޭތީއެވެ. އީދު ބަންދުގެ ކުރިން މި މައްސަލައިގައި އެންމެ ފަހުން ބާއްވަން ތާވަލު ކުރި ދެ އަޑު އެހުންވެސް ކެންސަލް ކުރީ ކްރިކް ރިޒާ ބަލިވެ އުޅޭތީއެވެ. 

ފުއްގިރި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުހަލާ ފެށިފައިވާއިރު، މާދަމާގެ އަޑު އެހުން ތާވަލުކޮށްފައި އޮތީ ހެނދުނު ނުވައެއް ޖަހާއިރަށެވެ. 

މި މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން އެ ފައިސާ ލޯންޑާކުރި ކަމުގެ ދައުވާ ކުރެ އެވެ. 

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ހިޔާނާތުގެ މައްސަލާގެ ޝަރީއަތަށް، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި އޮފިސަރު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނު ތަހުލީލުކުރި އޮފިސަރު ޝަރީއަތުގައި މިހާރުވަނީ ނަގާފައެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް