ads
ޑރ. މުހައްމަދު އިޔާޒް -- ފޮޓޯ: އަވަސް
ރައީސް ސޯލިހް އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ: ޑރ އިޔާޒް
ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އިޔަޒު މިހެން ވިދާޅުވެފައިވަނީ ރައީސް ސާލިހު ހޮނިހިރު ދުވަހު ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެންނެވެ. 

"ރައީސް ސާލިހު އެއްބުން އިންތިހާބު ކާމިޔާބު ކުރާނެކަމުގެ ޔަގީންކަން އެބައޮތް،" އިޔާޒު ވިދާޅުވިއެވެ. 

ރައީސް ސޯލިހް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުކުންނަވަނީ އެންމެ ބޮޑު ކޯލިޝަނާ އެކުގައި ކަމަށް އެ ކޯލިޝަންގައި 77،700 މެމްބަރުން ތިބި ކަމަށެވެ. 

ރައީސް ވިދާޅުވީ އެއީ ރިޔާސީ އިންތިހާބަށް ނުކުންނަ މެމްބަޝިޕް އެންމެ ބޮޑު ކޯލިޝަން ކަމަށެވެ. ރައީސް އެގޮތަށް ވިދާޅުވީ އެމްޑީޕީ، އަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ހިމަނައިގެންނެވެ.

"މިފަހަރު ރިޔާސީ އިންތިހާބަށް ނުކުންނަނީ ކޯލިޝަނެއްގެ ތެރެއިން. މިތަނުގައި ތިއްބަވާނެ ކޯލިޝަން ބޭފުޅުން. މިއީ މިހާތަނަށް ރާއްޖޭގައި ނުކުންނަ މެމްބަޝިޕް އެންމެ ބޮޑު ކޯލިޝަން. އެމްޑީޕީ އާއި އެމްޑީއޭ އާއި އަދާލަތު އެއްކޮށްލީމަ 77،700 މެމްބަރުން އެބަތިބި،" ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް