ads
ނޭމާ
ވެށްޓަށް ގެއްލުން ދީގެން ނޭމާ 3 މިލިއަން ޑޮލަރުން ޖޫރިމަނާ
ގެ އެއް އިމާރާތް ކުރުމުގެ ތެރޭގައި ވެށްޓަށް ގެއްލުންވާ ގޮތަށް އަމަލުކޮށްގެން، ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ ޖޫނިއާ ތިން މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ނޭމާގެ އުފަން ގައުމު، ބްރެޒިލްގެ އައްސޭރި ފަށު ސަރަހައްދަކުން ނޭމާ ގަތް ގެއެއް އިމާރާތް ކުރުމުގެ މަސައްކަތްތަކެއް، ބްރެޒިލްގެ ތިމާވެށްޓާބެހޭ ގަވައިދާ ހިލާފަށް ކޮށްގެން ނޭމާއަށްވަނީ ތިން ޕޮއިންޓް ފަހެއް މިލިއަން ޑޮލަރުގެ ޖޫރިމަނާއަކާ ކުރިމަތިލާން ޖެހިފައެވެ. 

ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ނޭމާ ގަނެފައިވާ ލަގްޒަރީ އެޕާޓްމެންޓްގައި އާޓިފިޝަލް ލޭކެއް ހެދުމަށް، ފްރެޝްވޯޓާ ލޭކަކުން ފެނާ، އަދި އެ ސަރަހައްދުން ހިލަޔާއި ވެލި ގެންދިޔަ މައްސަލަވަނީ ފާހަގަވެފައެވެ. އެކަމާ ގުޅިގެން އެ ސަރަހައްދުގެ ތިމާވެށްޓާ ބެހޭ އޮފީހަކުންވަނީ އެ މައްސަލަ ބަލަން ފެށި ކަން ހާމަކޮށްފައެވެ. އަދި އެ ސަރަހައްދުގެ ލޯކަލް ފުލުހުން އެ މައްސަލަ ބަލައި ފިޔަވަޅި އަޅާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ތިމާވެށްޓާ ގުޅޭ މި މައްސަލައިގައި އެއްވެސް ވާހަކައެއް ދައްކަން ނޭމާވަނީ ދެކޮޅު ހަދާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް