ads
ރައީސް ސޯލިހް
ވައުދެއް ވިއްޔާ އެ ވައުދެއް ފުއްދައި ދެއްވާންވާނެ: ރައީސް ސޯލިހް
ވައުދެއް ވެވަޑައިގެންފިނަމަ އެ ވައުދު ފުއްދައި ދެއްވާންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ފެއްޓެވުމުގެ ގޮތުން މިއަދު ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ކޮމަންޑޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްދަކަވަމުން ރައީސް ސޯލިހްް ވިދާޅުވީ 2018ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވެ، ކުރަން ފެށި ކަންތައްތަކުން މުޅި ރާއްޖެ އަށާއި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ފެނިގެން ދާނެ ކަމަށެވެ. 

އަދި އުފާވެރި އަމާން ރާއްޖެއެއް އެއީ ކޮންމެ ރައްޔިތަކުންވެސް ބޭނުންވާނެ ކަމެއް ކަމަށާއި، އެއީ ހަމައެކަނި ބުނާ ބަހަކުން ކުރެވޭނެކަމެއް ނޫންކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ. އެއާއެކު ކުރަންޖެހޭ ބައިވަރު މަސައްކަތްތަކެއް އެބަހުރިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ފާއިތުވި 5 އަހަރު ދުވަހު މި ސަރުކާރުން ކުރި އެންމެ ބުރަ އެންމެ މުހިންމު މަސައްކަތަކީ މި ރާއްޖެއަކީ ހަމަޖެހޭ އަމާން މުޖުތަމަޢުއަކަށް ހެދުމަށް ކުރި މަސައްކަތްކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އާބާދީގެ ކުޑަ ބޮޑުމިނެއް ތަފާތު ކުރުމެއްނެތި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިހާބަށް އިދިކޮޅު ކެންޑިޑޭޓުން ކިތަންމެ ބައިވަރު ވައުދެއް ވިޔަސް އެބޭފުޅުން ވެރިކަމުގައި ތިއްބެވި އިރު ކަން ހިނގައި ދިޔަގޮތް ބަލައި އެކަން ރައްޔިިތުން ދަންނަން ޖެހޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް