ads
ރައީސް ސޯލިހު ނޫމަރާ ގައި
ތަރައްގީ ގެނައުމަށް އާބާދީ ކުޑަބޮޑުމިނަށް ނުބަލާނަން: ރައީސް ސޯލިހްް
ރަށްރަށަށް ކޮށްދޭން ޖެހޭ ގިނަ ކަންކަން ހުރި އިރު، ތަފާތު ކުރުމެއް ނެތި އާބާދީގެ ކުޑަ ބޮޑުމިނަށް ބެލުމެއް ނެތި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ކުރިއަށް އޮތް ފަސް އަހަރުގައި ވެސް ދެމި ހުންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެއްޓެވުމުގެ ގޮތުން ށ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ނޫމަރާ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް ވިދާޅުވި ގޮތުގައި 2018 ގެ ރިޔާސީ އިންތިހާބުގައި ނޫމަރާ އިން އެކަނި ވެސް 74 އިންސައްތަ ވޯޓު އެމްޑީޕީ އަށް ލިބުނެވެ. އޭރު ނޫމަރާއަކީ އެންމެ އެކަހެރިކޮށް، ބާކީކޮށްފައި އޮތް އެއް ރަށް ކަމަށާއި މި ރަށަށް އަރާ ފުރުމުގެ ދަތިކަން ފެށުނީއްސުރެ، މި ރަށަށް އަރާ ފޭބޭނެ ގޮތެއް ހޯދުނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. ނޫމަރާ ބަނދަރަށް އަދިވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އެކަން ފުރިހަމަކޮށް ދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

"އަނިޔާވެރިކަމާއި ބިރުވެރިކަމުން ސަލާމަތްވުމަށް އެމްޑީޕީ ކުރި މަސައްކަތުގައި ނޫމަރާގެ ރައްޔިތުން އަބަދުވެސް ކުރީ ސަފުގައި ޖެހިލުމެއް ނެތި ބޭނުންވާ ހައްގުތަކާއި މިނިވަންކަން ހޯދުމަށް މަސައްކަތް ކުރި. ރަށް ރަށަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދެވެނީ ރައްޔިތުން ކުރި މަސައްކަތުގެ ނަތީޖާ އިން،" ރައީސް ސާލިހު ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ އެމްޑީޕީގެ ކޯލިޝަން ސަރުކާރުން ވެރިކަމަށް އައިސް ކުރި އެއް ކަމަކީ ގާނޫނީ ހަމަތަކުގެ މައްޗަށް ރުޖޫއަވެ، ޝަރުއީ ދާއިރާ އަށް ނުފޫޒު ނުފޯރުވައި މިނިވަންކަމާއެކު ފަނޑިޔާރުން ހުކުމް ކުރުމުގެ މިނިވަން ކަން ކޯޓުތަކަށް ދިނުން ކަމަށެވެ. އަދި ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުން އެންމެ އިސްކަމެއް ދިން އެއް ކަންތައް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް