ads
ޖިންސީ ގޯނާގެ އަމަލު ރަމްޒުކޮށްދޭ ފޮޓޯއެއް---
ކުޑަކުއްޖަކާ ބެހިގެން ދޮން ކާފަ ޖަލަށްލީ ރަނގަޅަށް: ހައިކޯޓު
ކުޑަ އަންހެން ކުއްޖަކާ ބެހުނު ކަން ސާބިތެވީ ދޮން ކާފަ ޖަލަށްލާފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ކުޑަ އަންހެން ކުއްޖަކާ ބެހުނު ކަން ސާބިތެވީ ދޮން ކާފަ ޖަލަށްލާފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން މިއަދު ކަނޑައެޅީ، ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުންނެވެ. 

މިއީ، ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއެކެވެ. 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު މާލޭން އުތުރުގެ ރަށެއްގައި ހިނގި މި ހާދިސާގައި، ކުއްޖާގެ ދޮން ކާފަ، އެ ކުއްޖާއަށް ފައިސާ ދީގެން އެ ކުއްޖާއާ ބެހެން މަސައްކަތް ކުރިއެވެ. 

މި މައްސަލައިގައި ދައުލަތުން ޖަނަވަރީ 2021 ގައި ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ދަށު ކޯޓުން ނިންމީ، ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ދޮން ކާފަ 10 އަހަރަށް ޖަލަށް ލުމަށެވެ. މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ ދޮން ކާފަގެ ފަރާތުންނެވެ. 

ހައިކޯޓަށް މިދިޔަ އަހަރު ހުށަހެޅުނު މި މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ މިއަދުއެވެ. މައްސަލަ ނިންމަމުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ، މި މައްސަލައިގައި ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ކަމެއް ނެތް ކަމަށެވެ. 

މި މައްސަލައިގައި ހިމެނޭ ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމުގެ މި ރިޕޯޓުގައި ކުއްޖާގެ ވަނަވަރު އެނގިދާނެ އެއްވެސް މައުލޫމާތެއް ހިމަނާފައިނުވާނެއެވެ. މައްސަލައިގައި ހިމެނޭ ކުއްޖާގެ ދޮން ކާފަގެ ނަންވެސް ރިޕޯޓްގައި ހިމަނާފައި ނުވަނީ ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ.  

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް