މާލޭން އުތުރުގެ ރަށެއްގެ މީހެއްގެ މައްޗަށް މި ހުކުމްކޮށްފައިވަނީ ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހުއެވެ. މި ފަހުން ކްރިމިނަލް ކޯޓަށް އައްޔަން ކުރި ގާޒީ އިބްރާހީމް އިހްސާން ކުރި މި ހުކުމަކީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފްވުމުގެ ދެ ދައުވާއަކާއި އަނިޔާއެއް ދިނުމުގެ ތިން ދައުވާއެއް ސާބިތުވެގެން ކުރި ހުކުމެކެވެ.
އާއްމު އިޖުތިމާއީ މިންގަނޑުތަކަށް ބަލައި މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އާއްމުކޮށް ހުޅުވައި ނުލައެވެ. މި މައްސަލައިގައި ކޯޓުން އާއްމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ މީހާވަނީ 2019 ވަނަ އަހަރު އޭނާގެ އަނބިމީހާއަށް އަނިޔާކުރި ކަމަށް ބުނާ ހުރިހާ ދައުވާތަކަށް އިބްތިދާއީ މަރުހަލާ އާއި އަވަސް ނިޔާގެ މަރުހަލާގައި ވެސް އެއްބަސްވެފައެވެ.
އޭނާ ވަނީ އަނބިމީހާ ކޮޓަރީގައި އުޅެނިކޮށް ގޮސް ކަރުގައި އެއްޗަކުން ބާރުކޮށް ނޭވާ ހާސްކޮށް އަތުގައި ދަތް އަޅައި އެކި ބާވަތުގެ އަނިޔާތައް ކުރި ކަމަށް އެއްބަސްވެފަ އެވެ.
މި ކުށްތައް ސާބިތުވެ، ގެވެށިއަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާވުމުގެ ތިން ދައުވާގައި ޖޫރިމަނާގެ ގޮތުގައި 17،500ރ. އަދި އަނިޔާއެއް ދިނުމުގެ ދެ ދައުވާގެ ޖޫރިމަނާގެ ގޮތުގައި 16،200ރ. އިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވަނީ އަންގާފައެއެވެ. ފައިސާ ނުދައްކައިފިނަމަ، ޖަލަށް ލާނެއެވެ. މި މައްސަލަތަކުގައި ކުށް ސާބިތުވި މީހަކީ ސައިކަލެއް އަންދާލުމުގެ ތުހުމަތު 2016 ވަނަ އަހަރު ކުރެވިފައިވާ ވެސް މީހެކެވެ.