ads
ފުޓްބޯޅަ ތަރި ނޭމާ
ނޭމާ، ނައިޓް ކްލަބެއްގައި ހަމަނުޖެހުން ހިންގައިފި
ބްރެޒިލް އަދި ޕީއެސްޖީގެ ފޯވާޑް ނޭމާ، ބްރެޒިލްގެ ނައިޓް ކްލަބެއް ތެރޭގައި ހަމަނުޖެހުން ހިންގައިފިއެވެ.

މި ހަމަނުޖެހުމުގެ ތެރޭގައި އޭނާ ވަނީ ނައިޓް ކްލަބުގައި ހުރި މީހަކާއި ޒުވާބުކޮށްފައެވެ. އަދި އެކަކު އަނެކެއް ކޮއްޕާލާ، މައްސަލަ ގޯސްވާން ފެށުމުން ދެމީހުން ދުރުކުރީ އެތަނުގައި ތިބި ސެކިއުރިޓީ ގާޑުންނެވެ. 

ނައިޓް ކްލަބަށް ނޭމާ ދިޔައީ އޭނާގެ ލޯބިވެރިޔާއާއެކުއެވެ. 

އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގެ ފަހުބައި ގެއްލުނު ނޭމާ މިވަގުތު އަންނަނީ ބްރެޒިލްގައި ޗުއްޓީ ހޭދަ ކުރަމުންނެވެ. އަދި މިއަންނަ ސީޒަނަށް ވާއިރަށް އޭނާ ޕީއެސްޖީ ދޫކޮށްލުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ޕީއެސްޖީއާއެކު ނޭމާ މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުއެވެ. 

މިއަންނަ ސީޒަނުގައި ނޭމާ ޕްރިމިއާ ލީގުގެ ކްލަބަކަށް ބަދަލުވާން މަސައްކަތްކުރާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަދި އޭނާ އެނބުރި ބާސެލޯނާއަށް ދާން އުޅޭ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ އޭނާގެ ޕްލޭމްގައި ނޭމާ ނެތަކަމަށް ބުނެފައެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް