ads
އެމްޓީސީސީގެ ޕްރީމިއަމް ލިންކް ފެރީއެއް: ހަ ޒޯނަކަށް ބޭނުންވާ ފެރީ ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާނުކޮށްފައި - ފޮޓޯ:އެމްޓީސީސީ
އެމްޓީސީސީން ފެރީ ދޯނިތަކެއް ކުއްޔަށް ހޯދަނީ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހަ ޒޯނަކަށް ބޭނުންވާ ފެރީ ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ ފެރީ ނިޒާމުގައި ޒޯން އެކެއް، ދޭއް، ތިނެއް، ހަތަރެއް، ފަހެއް އަދި ހަޔަކަށް ބޭނުންވާ ފެރީ ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

ފެރީ ކުއްޔަށް ދޫކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ޒޮނެއިރިޔާ ބިލްޑިންގެ ތިންވަނަ ފަންގިފިލާގެ މީޓިން ރޫމުގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ޒޮނެއިރިޔާ ބިލްޑިންގެ ތިންވަނަ ފަންގިފިލާގެ މީޓިން ރޫމުގައެވެ.

އަންދާސީ ހިސާބު ހުށަހަޅަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ކަމަށާއި މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ އެމްޓީސީސީންނެވެ. އެ ނެޓްވޯކުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ހއ، ހދ. އަދި ށ. އަތޮޅުގައި އެމްޓީސީސީގެ ފަރާތުން އަންނަނީ އާރުޓީއެލް ފެރީގެ ހިދުމަތް ދެމުންނެވެ. އޭގެ އިތުރުން އެ ކުންފުނިން ވަނީ ދެވަނަ ފިޔަވަހީގަައި ހިމެނޭ ޅ. އަތޮޅުގައި ފެރީގެ ހިދުމަތް ފަށާފައެވެ. އެ ހިދުމަތް ހުވަދު އަތޮޅުގައި ފެށުމަށް ބޭނުންވާ ފެރީތައް އެމްޓީސީސީން މިހާރު ވަނީ އެ އަތޮޅަށް ފޮނުވާފައެވެ.

އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ދެވަނަ ފިޔަވަހީގެ ދަށުން ފެރީގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ނ، ޅ، ރ، ބ، ގއ، ގދ، ޏ އަދި ސ. އަތޮޅުގަައެވެ. ތިންވަނަ ފިޔަވަހީގެ ދަށުން ފެރީގެ ނިޒާމުން ގުޅުވާލުމަށް ނިންމާފައިވަނީ ކ، އއ، އދ، ވ، މ، ފ، ދ، ތ އަދި ލ. އަތޮޅެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް