ads
ފުވާދު ތައުފީގު: ފޮޓޯ އީސީ
ގަޑި ޖެހޭ ފަހުން އައިސް ޝަކުވާ ކުރިއަސް ވޯޓެއް ނުލެވޭނެ: ފުވާދު
ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް އަންނަ ވަގުތު ހަމަވުމުން އައިސް ކިއުއަށް އަރަން އެދުނަށް އެ ފުރުސަތު މި ރިޔާސީ އިންތިހާބުގައި ނުދެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓު ލުން ކުރިއަށް ގެންދާނީ ހެނދުނު 8:00 ހަވިރު 4:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވަނީ ހާމަކޮށްފައެވެ. 

"ހަތަރެއް ޖަހާއިރު ވޯޓު ފޮށި ކައިރިއަށް ވަޑައިގެން ކިއުގައި ގުޅިވަޑައިނުގެންނެވޭ ބޭފުޅުންނަށް. ފަހުން ވަޑައިގެންފައި ޝަކުވާ ކުރައްވައިގެން އަޅުގަނޑުމެންނަށް ފުރުސަތު ހޯދައި ނުދެވޭނެ،". -ފުވާދު-

ސެޕްޓެންބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގަ 604 ވޯޓު ފޮއްޓެއް ބަހައްޓަން ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސް ( އީސީ ) އިން ވަނީ ބުނެފައެވެ. 

ސެޕްޓެމްބަރ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި، ރާއްޖެ އާއި ރާއްޖޭން ބޭރުގައި 604 ވޯޓުފޮށި ބަހައްޓާގޮތަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. 

އޭގެ ތެރޭގައި ހިމެނެނީ މާލޭސިޓީ ރައްޔިތުންނަށް 61، މާލޭސިޓީ އަތޮޅުތަކުގެ ރައްޔިތުންނަށް 77، ހުޅުމާލެ ފޭސް 1 މާލޭސިޓީ ރައްޔިތުންނަށް 6، ހުޅުމާލެ ފޭސް 1 އަތޮޅުތަކުގެ ރައްޔިތުންނަށް 16، ހުޅުމާލެ ފޭސް 2 މާލޭސިޓީ ރައްޔިތުންނަށް 1، ހުޅުމާލެ ފޭސް 2 އަތޮޅުތަކުގެ ރައްޔިތުންނަށް 16، ވިލިމާލެ، މާލޭސިޓީ ރައްޔިތުންނަށް 6، ވިލިމާލެ، އަތޮޅުތަކުގެ ރައްޔިތުންނަށް 4، އަތޮޅުތަކުގައި 319، ރިސޯޓުތަކުގައި 78 ވޯޓު ފޮއްޓެވެ.

މީގެ އިތުރުން މާފުށީ ޖަލުގައި 2، އައްސޭރި ޖަލުގައި 1، ހުޅުމާލެ ޖަލުގައި 1، ދޫނިދޫގައި 1، ހުޅުލޭގައި 1، ތިލަފުށީގައި 1، އިންޑިޔާގެ ޓްރިވެންޑްރަމްގައި 1، އިންޑިޔާގެ ނިވްދިއްލާގައި 1، މެލޭޝިޔާ ކުއަލަލަމްޕޫރުގައި 2، ސިންގަޕޫރުގައި 1، ސްރީލަންކާ ކޮލަމްބޯ ގައި 4 ފިޓި ބަހައްޓާނެއެވެ. 

‏އިނގިރޭސި ވިލާތް ލަންޑަން ގައި 1، ތައިލެންޑް ބެންކޮކް ގައި 1، ޢަރަބި އިމާރާތް، އަބޫދާބީގައި 1 ޖަޕާން ޓޯކިޔޯ ގައި 1 ވޯޓު ފޮށި ބެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ.

ރީ-ރަޖިސްޓްރޭޝަނަށް ފަހު، ވޯޓުފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި، ތަންތަނުގެ ތަފްސީލް މިރޭ އީސީ އިން އިއުލާން ކުރާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް