![](https://cnm.mv/media/images/skynews-plane-flip-crash-mogadishu_5838421.jpeg)
ބޯޓު ވެއްޓުމުން ބޯޓުގައި ތިބި 30 ފަސިންޖަރުންނާއި ހަތަރު ފަޅުވެރިން ވެސް ވަނީ ސަލާމަތްވެފައެވެ. އެކަކު ޒަހަމްވި ނަމަވެސް އެމީހުނަށް ލިބުނު އަނިޔާއަކީ ސީރިއަސް ނޫންކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޯޓު ވެއްޓުނު ސަބަބު އަދިވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ބޯޓު ޖެއްސުމުގެ ތެރޭގައި ޓެކްނިކަލް މައްސަލައެއް ދިމާވީކަމަށް ބެލެވެއެވެ.
ބޯޓު ވެއްޓުމުގެ ވީޑިއޯ ފޫޓޭޖް ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ހިއްސާކޮށްފައިވާއިރު، އެކަމުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާ މެދު ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ސޯމާލިއާއަކީ އޭވިއޭޝަން ސޭފްޓީ ރެކޯޑް ދަށް ގައުމެކެވެ. ކަމަށާއި، ފާއިތުވި އަހަރުތަކުގައި ގިނަ އަދަދެއްގެ ބޯޓު ވެއްޓިފައިވެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ބޯޓު ވެއްޓުނު ގޮތުގެ އިބްތިދާއީ ރިޕޯޓެއް އާންމު ކުރާނެ ކަމަށް ސޯމާލިއާ ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެސްސީއޭ) އިން ބުނެފައިވެއެވެ. އަދި ސޯމާލިއާގެ ވައިގެ ރައްކާތެރިކަން ރަނގަޅު ކުރުމަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އެސްސީއޭއޭ އިން ވަނީ ބުނެފައެވެ.