ads
އެކައުންޓެންޓުންގެ ގޮތުގައި ތަމްރީނުކުރަން 210 ފަރާތަކަށް ސްކޮލާޝިޕް ހަވާލުކުރުން - ފޮޓޯ:ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
އެކައުންޓެންޓުން ތަމްރީނުކުރަން 210 ފަރާތަކަށް ސްކޮލާޝިޕް ހަވާލުކޮށްފި
ޕްރޮފެޝަނަލް އެކައުންޓެންޓުންގެ ގޮތުގައި ތަމްރީނުކުރުމަށް ހުޅުވާލި ސްކޮލާޝިޕަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ހޮވުނު ފަރާތްތަކަށް ސްކޮލާޝިޕް ހަވާލުކޮށްފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޮލާޝިޕަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބުދަ ދުވަހުގެ ހަވީރު 3:00 ގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ކަމަށެވެ.

މި އަހަރު ސަރުކާރުގެ ހަރަދުގައި 200 ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނުކުރުމަށް ހުޅުވާލި ސްކޮލާޝިޕަށް 322 ފަރާތަކުން ކުރިމަތިލި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނެފައިވަނީ އޭގެ ތެރެއިން 210 ފަރާތަކަށް ސްކޮލާޝިޕް ހަވާލުކުރެވިފައިވާކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި ސްކޮލާޝިޕްގެ ދަށުން އޭސީސީއޭއިން ކިޔަވަން ހަމަޖެހިފައިވަނީ ސްކިލްސް އަދި ޕްރޮފެޝަނަލް ލެވެލްއަށް ކަމުގައެވެ. އަދި ސީމާއިން ކިޔަވަން ހަމަޖެހިފައިވަނީ މެނޭޖްމަންޓް އަދި ސްޓްރެޓީޖިކް ލެވެލްއަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖެއަށް ބޭނުންވާ އެކައުންޓެންޓުންގެ ގޮތުގައި ދިވެހީން ވީހާވެސް އަވަހަށް ތަމްރީނުކޮށް ވަޒީފާގެ ބާޒާރަށް ނެރުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް