ads
ރައީސް ސޯލިހު
މާފުއްޓަށްވީ 90 އިންސައްތަ ވައުދު ފުދިއްޖެ: ރައީސް ސާލިހު
މާފުއްޓަށްވީ ގިނަ ވައުދުތައް ވަނީ ފުދިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިހާރު ގުރައިދޫ ދާއިރާއަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މާފުއްޓަށް ވަޑައިގެން އެރަށުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

"މާފުށީގެ ހިއްކި ސަރަހައްދުގައި ފެނާ ނަރުދަމާ އަޅުގަނޑުމެން އަޅާނަން. ފަޅު ބޮޑުކުރުމުގެ މަސައްކަތްވެސް މިހަރު އެދަނީ ކުރިއަށް،" ރައީސް މިރޭ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އެރަށުގެ ސިއްހީ މަރުކަޒުގައި ހިދުމަތްތައް ލިބެން ނެތް ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ މަރުކަޒުވެސް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާކަމަށެވެ.

އެމްޑީޕީ ސަރުކާރެއްގައި ރާއްޖޭގެ ރަށްތަކުގައި ގިނަ މަޝްރޫޢުތައް ހިންގަމުންދާކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމް، ބަނދަރުތައް ތަރައްގީކުރުމުގެ އިތުރުން ގިނަ މަޝްރޫއުތައް މިހާރުވެސް ކުރިޔަށް ދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"މިއަދު އަޅުގަނޑުމެން އަނެއްކާވެސް ތިޔަބޭފުޅުންގެ ކުރިމައްޗަށް އައިސް މިތިބިއިރުގައި އަޅުގަނޑު އެދުވަހު ވީ ވައުދުތަކާ އެއްގޮތަށް 90 އިންސައްތައަށްވުރެ ގިނަ ވައުދު މިހާރު ފުދި ނިމެމުން އެދަނީ. މުޅި ރާއްޖޭގައި ފެނާއި ނަރުދަމާ ނިޒާމުގެ ބޮޑު މަޝްރޫޢު އެދަނީ ކުރިޔަށް. ބަނދަރުތައް ހެދެމުން އެދަނީ، ފުޓްބޯޅަ ދަނޑުތައް ނެޓްބޯޅަ، ވޮލީ ކޯޓުތައް ބެޑްމިންޓަން ކޯޓުތައް އެޅެމުން އެދަނީ. ސިއްހީ ހިދުމަތްތައް ރަށުގައި ތިބެގެން ލިބޭ ގޮތް ހެދެމުން މިދަނީ. ސްކޫލްތަކުގެ ފެންވަރު މަތި ކުރެވިއްޖެ. ސްޓޫޑެންޓް ލޯން ދޫކުރެވިއްޖެ.،" ރައީސްް ވިދާޅުވިއެވެ.

ރައީސް ސާލިހު މާފުއްޓަށް ވަޑައިގަތުމުން މިއަދު އެ ރަށުން ވަނީ ރައީސް އަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ގިނަ ސަގާފީ ކުޅިވަރުތަކެއްވެސް ރައީސް ވަޑައިގަތުމުގެ މުނާސަބަތުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. 

މާފުށީ ކައުންސިލްގެ ރައީސް ވެސް ވަނީ ރައީސް ސާލިހު އެރަށަށް ވެ ލައްވާފައިވާ ގިނަ ވައުދުތައް ފުދިފައިވާކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް