ads
ޝެއިހް ޝިފާން އަދާލަތު ޕާޓީގެ މަޝްވަރާ ބައްދަލުވުމެއްގައި
ޝައިޚް ޝިފާނުގެ ހޫނު ސުވާލެއް އާދަމް ނިޝާނަށް
އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ކީރިތި ރަސޫލާގެ ހަދީސް ބަސްފުޅެއްކަމަށް ފާހަގަކުރައްވާ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބުދުﷲ ވިދާޅުވި ބަސްފުޅަކާމެދު ރާއްޖޭގެ އިލްމުވެރިން ތަފާތު ހިޔާލުފުޅުތައް ފާޅުކުރައްވާފައި ވަނިކޮށް ޝޭހް ޝިފާންގެ ވަރުގަދަ ސުވާލެއް ޝޭހް އާދަމް ނިޝާނާއި ކުރިމަތި ކުރައްވައިފި އެވެ.
Advertisement

މިމައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ ހިޔާލުފާޅު ކުރެއްވީ ޝޭހް އާދަމް ނިޝާނެވެ. ނިޝާން ވިދާޅުވީ މިއީ ސައްހަ ޙަދީސެއް ނޫންކަމަށާއި  ހަދީސެކޭ ބުނެ ކިޔާފައި ވަނީ ފޮތްތަކުގައި ވާގޮތާ ހިލާފަށް އަރަބި ބަހުގެ ގަވާއިދާ ވެސް ހިލާފަށް އޮތް އިބާރާތެއް ކަމަށެވެ.

މިކަމާއި ގުޅިގެން ޝޭހް ޝިފާން ވިދާޅުވީ އިލްމުވެރިން އެ ބަސްފުޅު އެހެން ގޮތަކުން ގެންނަވާފައިވާ ކަމަށެވެ. 

"އެ ޢިލްމުވެރިން ވެސް އެވަނީ ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް ދޮގު ހަދާފަ ހެއްޔެވެ؟ ވާހަކައެއްގައި ޢިލްމުވެރިއަކަށް ކިޔޭ ކުށަކީ އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ދޮގު ހަދާ މީހެއް ކަމުގެ ތުހުމަތު ކުރެވިދާނެ ކަމެއް ހެއްޔެވެ؟،" ޝޭހް އާދަމް ނިޝާނަށް އަމާޒު ކުރައްވާ ޝޭހް ޝިފާން ވިދާޅުވި އެވެ.

ނަހޫގެ ކުށްތަކެއް ފާހަގަ ކުރި އިރު އެފަދަ ކުށެއް ނުކިޔޭ ބޭފުޅަކު އެބަ ހުންނެވި ހެއްޔެވެ؟ ނިޝާންގެ ދަރުސް އެއްގައި ކުށެއް ނުކިޔޭތޯ އެވެ؟ ޝޭހް ޝިފާން ވިދާޅުވި އެވެ.

މިކަމުގައި ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް ވިދާޅުވީ އެ ރިވާޔަތަކީ ސީރަތު ފޮތްތަކުގައި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ގެނެސްފައިވާ ރިވާޔަތެއް ކަމަށެވެ. އެހެންކަމުން، ފޮތްތަކުގައި ހުންނަ ހުރިހާ ރިވާޔަތްތަކެއް ތަހުގިގުކޮށް ތަހްރީޖު ނުކުރާހާ ހިނދަކު އެފަދަ އޮޅުމެއް އަރާފާނެ ކަމަށް ޑރ. އިޔާޒްވެސް ވިދާޅުވި އެވެ.

"ބުޅި ކެނޑޭނީ ކެޔޮޅުން އަތުން. ކުށް ޖެހޭނީ މުގްރީންނަށް. މިހެންކަމުން، ކިތަންމެ މޮޅު އިލްމުވެރިޔަކަށްވެސް ކުށެއްކިޔިދާނެ. ނަމަވެސް، އެހިސާބުން އެމީހަކީ ދޮގުވެރިޔެއްކަމަށް ކަނޑައެޅުމަކީ ވަރަށް ބޮޑު ހިޔާނާތެއްކަ،" ޝޭހް އާދަމް ނިޝާނުގެ ވާހަކަތަކަށް ރައްދުދީ އިޔާޒް ވެސް ވިދާޅުވިއެވެ.

35%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
51%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް