ads
އޮތެންޓިކް މޯލްޑިވްސްއިން ހުޅުމާލޭގައި ހުޅުވާފައިވާ ފިހާރަ - ފޮޓޯ:އޮތެންޓިކް މޯލްޑިވްސް
އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ގަމާއި ތޮއްޑޫ އަދި މާފަރަށް
ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) ގެ ދަށުން ހިންގަމުން އަންނަ އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ސ. ގަމާއި އއ. ތޮއްޑޫ އަދި ނ. މާފަރުގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބީސީސީން ހާމަކޮށްފިއެވެ.
Advertisement

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ބީސީސީގެ ހެޑް އޮފް އައުޓްރީޗް އިބްރާހިމް ޒިޔާއު ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ހުޅުވުމަށް އެ ކޯޕަރޭޝަނުން ބޭނުންވާ ކަމަށެވެ. އެގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ވަރަށް އަވަހަށް ފިހާރައެއް ހުޅުވިގެންދާނެ ކަމަށް ޒިޔާއު ވިދާޅުވިއެވެ. ޒިޔާއު ވިދާޅުވީ ގަމުގައި ހުޅުވާ ފިހާރައަށްފަހު ތޮއްޑޫ އާއި މާފަރުގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ކުޑަވިލިނގިލި ރިސޯޓުގައި ހުޅުވާފައިވާކަން ފާހަގަކުރައްވާ ޒިޔާއު ވިދާޅުވީ މި އަހަރުގެ ތެރޭގައި އިތުރު ރިސޯޓްތަކުގައި ފިހާރަތައް ހުޅުވޭތޯ އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބީސީސީގެ ޗީފް ކޮމާޝަލް އޮފިސަރު ސާމިހް އާދަމް ވިދާޅުވި ގޮތުގައި އޮތެންޓިކް މޯލްޑިވްސް އުފެދުނުތާ ހަތަރު އަހަރު ވުމާ ގާތްވެފައިވާއިރު މި ޕްރޮޖެކްޓަކީ ވަރަށް ކާމިޔާބު ޕްރޮޖެކްޓެއް ކަމަށެވެ. އޮތެންޓިކް މޯލްޑިވްސް ފެށިއިރު ތިބީ 57 ސަޕްލަޔަރުން ނަމަވެސް މިހާރު 260 އަށްވުރެ ގިނަ ސަޕްލަޔަރުން އެބަތިބި ކަމަށް ސާމިހް ވިދާޅުވިއެވެ. ސާމިހް ވިދާޅުވެފައިވަނީ އެ މުއްދަތުގެ ތެރޭގައި 48 މިލިއަނަށްވުރެ ގިނަ ރުފިޔާ ޑިސްޕާސްކުރެވިފައިވާ ކަމަށެވެ.

your imageއޮތެންޓިކް މޯލްޑިވްސްއިން ހުޅުވާފައިވާ ފިހާރައެއް - ފޮޓޯ:އޮތެންޓިކް މޯލްޑިވްސް

އޮތެންޓިކް މޯލްޑިވްސްއިން އެންމެ ފުރަތަމަ ފިހާރައެއް ހުޅުވާފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިއުޓީ ފްރީގައެވެ. އޭގެ ފަހުން އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ކުޑަވިލިނގިލި ރިސޯޓާއި ކްރޮސްރޯޑްގެ އިތުރުން މާލެ އާއި ހުޅުމާލޭގައި ހުޅުވާފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބީސީސީން ހުޅުވާފައިވާ އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކަކީ ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމުގެ ގޮތުން ހިންގަމުން އަންނަ ފިހާރަތަކެކެވެ. އެ ފިހާރަތަކާ އެކު ދިވެހި އުފެއްދުންތެރިންނަށް އެ މީހުންގެ އުފެއްދުންތައް މާކެޓްކުރުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައެވެ.

ބީސީސީން ދަނީ އޮތެންޓިކް މޯލްޑިވްސްގައި ތަކެތި ވިއްކާ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައްވެސް ފަހިކޮށްދެމުންނެވެ. އެގޮތުން ޖަޕާނުގެ ދެ ސަރަހައްދަކާއި ދުބާއީގައި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ދީފައިވެއެވެ. އޭގެ އިތުރުން އުފެއްދުންތަކަށް އޮންލައިންކޮށް އޯޑަރު ކުރެވޭނެ ގޮތް ވަނީ ފަހިކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް