ads
ޕައިތަން ހަރުފައެއް
113 ކިލޯ، 18 ފޫޓުގެ ހަރުފައަކާ ތަޅާފޮޅި ފްލޮރިޑާ މީހަކު ދުނިޔޭގެ ރެކޯޑު ފޮތަށް
ބޮޑު ހަރުފައަކާ ތަޅާ ފޮޅި މީހަކު ދުނިޔޭގެ ރެކޯޑު ފޮތަށް އަރައިފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.
Advertisement

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގައި މިހާތަނަށް އަތުލައިގަތް އެންމެ ބަރު ބަރުމާ ޕައިތަންއާއި ތަޅާ ފޮޅައިގެން ދުނިޔޭގެ ރެކޯޑް މުގުރާލި ފްލޮރިޑާގެ މީހެއް ކަމަށްވާ ބްރައިއާނާ ފްރިޓްޒްއެވެ. ފްލޮރިޑާގެ އެވަރގްލޭޑްސް އިން ފެނުނު މި ޕައިތަންގެ ބަރުދަނުގައި 215 ޕައުންޑް (113 ކިލޯ) ހުރިއިރު، ދިގުމިނަކީ 18 ފޫޓުހުއްޓެވެ. ފްރިޓްޒް އާއި އޭނާގެ ހަރުފަ ޝިކާރަކުރާ ޓީމުނަށް އެ ޕައިތަން ހަރުފަ މައިތިރިކުރެވުނީ ދެ ގަޑިއިރު ވަންދެން މަސައްކަތް ކޮށްގެނެވެ.

މީގެ ކުރިން ފްލޮރިޑާގައި މިހާތަނަށް އަތުލައިގަތް އެންމެ ބަރު ބަރުމާ ޕައިތަންގެ ދުނިޔޭގެ ރެކޯޑަކީ 185 ޕައުންޑު (85 ކިލޯ) އެވެ. ފްރިޓްޒްގެ ޕައިތަން އަކީ އެމެރިކާގައި މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ބަރުމާ ޕައިތަންއެވެ.

ބަރުމާ ޕައިތަންސް އަކީ ފްލޮރިޑާގައި ގުދުރަތީގޮތުން އުޅޭ އެއްޗެއް ނޫނެވެ. ނަމަވެސް އެ ޒާތުގެ ހަރުފަ ފްލޮރިޑާއަށް ގެނެސްފައިވަނީ ޕެޓް ގޮތުގައި ގެންގުޅުމަށެވެ. ނަމަވެސް މިހާރު އެ ހަރުފަތައް ފްލޮރިޑާގައި ގިނަވެ ބޮޑެތި ގެއްލުންތަކެއް މީހުންނަށާއި މުދަލަށްވެސް އަންނަނީ ދެމުންނެވެ. މިޒާތުގެ ހަރުފައަކީ ކިނބުލާއި އިންސާނުން ވެސް ކާ އެއްޗެއްކަން އެނގިފައިވެއެވެ.

ފްލޮރިޑާގައި މިގޮތަށް ހިފާ ހަރުފަތައް މަރާލަނީއެވެ. އަދި ބައެއް ފަހަރު ދުރުސަރަހައްދުތަކަށް ދޫވެސް ކޮށްލައެވެ. 

67%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް