ads
މިފްކޯގެ މަސް ބޯޓު ރަންދި 20: -
މުލަކު އަތޮޅުގައި މަސް ކިރާނެ ބޯޓެއް ބާއްވާނަން: ރައީސް ސާލިހު
މ އަތޮޅުގެ މަސްވެރިންނަށް މަސްކިރުމަށް މަސް ބޯޓެއް އެ އަތޮޅުގައި ބާއްވާނެކަމުގެ އުފާވެރި ހަބަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވައިފިއެވެ.
Advertisement

މުލަކުގައި ރޭ ބޭއްވި މްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގައި މިފްކޯގެ މަސް ކަލެކްޓިން ސެންޓަރެއް ހަދަން ވިސްނާފައިވާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ މުލަކު ބަނދަރު ގާތްގަނޑަކަށް ނިމުމަކާ ހިސާބަށް ގޮސްފައިވާކަމަށެވެ. އެ އަތޮޅުގެ މަސްވެރިންނަށް އަމާޒުކޮށް ދެން ދެން އޮތީ ފްރީޒިން ކެޕޭސިޓީ އާއި ކޯލްޑް ސްޓޯރޭޖު ގާއިމުކުރުންކަން ރައީސް ފާހަގަކުރެއްވިއެވެ. އެ މަސައްކަތް މިހާރު އޮތީ ޓެންޑާ ކުރެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ. 

"އެކަން ނިމެންދެން މަސްވެރިން އެދުނުގޮތަށް މި ސަރަހައްދުން މަސްގަނެވޭނެ ކަލެކްޓިން ވެސަލްއެއް ބޭއްވުމުގެ މަސައްކަތް އަޅުގަނޑު ފަށާނަން. މިފްކޯއަށް އަލަށް އެ ގެންނަ ތިން ބޯޓުގެ ތެރެއިން އިރާދަކުރެއްވިއްޔާ އެއް ބޯޓު އަޅުގަނޑުމެން ބާއްވާނީ މި ސަރަހައްދުގައި،" -ރައީސް ސާލިހު-

ރައީސް މ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެވެސް ވަނީ އެ އަތޮޅުގެ ގިނަ ރަށްރަށް ވަޑައިގެންފައެވެ. ރައީސް ސޯލިހު މ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިވަގުތު ހުންނެވީ މ ވޭވަށުގައެވެ. އެމަނުކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް އެ ރަށުން ދަންނަވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް