ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ރާއްޖެ-މިސްރު ސިޔާސީ މަޝްވަރާތައް ފަށަނީ
މިސްރާއި ދިވެހި ރާއްޖޭ އާއި ދެމެދު ސިޔާސީ ގުޅުމާގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ދެވަނަ ބައްދަލުވުން މިއަދު ބާއްވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރައްޖޭގެ ފަރާތުން މި ބައްދަލުވުންތަކުގއި ބައިވެރިވެވަޑައިގަންނަވާނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލެވެ. މިސްރު ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އެގައުމުގެ ފޮރިން މިނިސްޓްރީގެ އޭޝިއާ ގޮފީގެ އެސިސްޓަންޓް މިނިސްޓާ އާމެން ކަމޭލްއެވެ.

"މި ބައްދަލުވުމުގައި ދެ ގައުމަށްވެސް ދިމާވެފައިވާ އެކިއެކި މައްސަލަތަކާއި، ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވޭ. ދެ ގައުމުގެ ސިޔާސީ މަސްރަޙާއި ގުޅޭ ކަންކަމަށް މި ބައްދަލުވުމުގައި އަލިއަޅުވާލާނެ،" ފޮރިން މިނިސްޓްރީއިން ބުންޏެވެ. 


މިސްރާ ރާއްޖޭ އެންމެފަހުން މަޝްވަރާކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 19 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖެއިން މިސްރަށް ދަތުރުކުރާ ދިވެހިން ދުރާލާ ވީޒާ ނުނަގައި އެ ގައުމަށް ދަތުރުކުރެވޭނެ އިންތިޒާމްވެސް ދާދިފަހުން ވަނީ ހަމަޖެހިފައެވެ. މިގޮތުން މިސްރަށް ދާ ދިވެހިންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް