ads
ޝިދާތާ ޝަރީފް.....
ގައުމަށް ލިބުނު ފުރުސަތާއި ކުރިއެރުންތައް ފަހަތަށް ސޮއްސާލައިފި: ޝިދާތާ
ގައުމަށް ލިބުނު ފުރުސަތާއި އަޅާ ބަލާއިރު، ހޯދި ކުރިއެރުންތައް ފަހަތަށް ސޮއްސާލައިފައިވާ ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ސީއެންއެމްޓީވީގެ އިތުރުކާފް ޕްރޮގުރާމްގައި ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން  16 ޖުލައިގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށެވެ.

އެގޮތުން އެންމެފަހުން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބަކީ ވަރަށް ހައްސާސް ދަޑިވަޅެއްގައި ބޭއްވުނު އިންތިހާބެއް ކަމަށާއި، މިހާރު މިއޮތް ސަރުކާރު ވުޖޫދަށް ގެނައުމަށް އިދުކޮޅުގައި ތިބި އެންމެން އެކައްޗެއް އޭރު ކިޔާ ކާމިޔާބީތައްހޯދި ކަމަށެވެ. ނަމަވެސް އަނެއްކާވެސް މި ކާމިޔާބީތައް ސޮއްސާލައިގެން ގޮސްފައިވާތަން ފެންނަން ފަށައިފި ކަމަށެވެ.

”ވަރަށް ގިނަމީހުން އޭރު އެއް ޕްލެޓްފޯމަކަށް އެރި. އެއީ ގައުމެއްގެ ޑިމޮކްރެޓިކް ހަޔާތެއްގަ ވަރަށް މުހިންމު ކަމެއް. ވަރަށް މަދުން ނޫނީ ނުވާނެ ކަމެއް. އެއް ސިޔާސީ ލީޑަރު ފިޔަވާ އެންމެން އެއް ޕްލެޓްފޯމަކަށް އަރައިގެން ސަރުކާރެއް އުފެއްދުމަކީ އެއީ ޑިމޮރެޓިކް ހަޔާތަކަށް އައި ވަރަށް ބޮޑު ކުރިއެރުމެއް. ގައުމަށް ޑިމޮކްރެސީ ފައްކާ ކުރުމަށް ލިބުނު ވަރަށް މުހިންމު ފުރުސަތެއް. ނަމަވެސް އެ ފުރުސަތު މިހާރު ލިބިގެން ނުދާކަން ހިތާމަޔާއި އެކު ފާހަގަކުރަން." ޝިދާތާ

ސީއެންއެމްޓީވީގެ 'ރިޔާސީރޭސް 2023' ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް އިބްރާ ވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން އިބްރާ ވިދާޅުވީ ދެ ހާސް އަށްވަނަ އަހަރުގެ ކުރިން ރާއްޖެ އޮތް ހާލަތަށް ރާއްޖެ ގޮސްދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށާއި، ރައްޔިތުން ހޯދި މިނިވަންކަން ޖުމްލަކޮށް މިހާރު ގެއްލިފައިވާކަމަށެވެ.

އިބްރާ ފާހަގަކުރެއްވީ މިހާރު ފެންނަނީ އޭރުގެ ހާލަތު ރުޖޫއަވާތަން ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ބޭނުންފުޅުވާ ކޮންމެ ކަމެއް ބޭނުންފުޅުވާ ގޮތަކަށް ކުރުމުން ދިމާވާ ކަމެއް ކަމަށެވެ. އަދި އެކަމާއި ސުވާލު އުފައްދާ އެކަމާއި ޖަވާބުދާރީ ކުރެވޭ ހާލަތެއް މިހާރު ނޯންނަ ކަމަށް އިބުރާ ވިދާޅުވިއެވެ.

މި ކަމާއި ގުޅޭ ގޮތުން ޝިދާތާ ވިދާޅުވީ ހޯދަން ވަކާލާތު ކުރަމުން ދިޔަ މިނިވަން ކަމުގެ ތެރޭގައި، ވަޒީފާގެ ބިރު ދެއްކުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމާއި، ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ މިނިވަންކަން އޭގެ އެންމެ ފުރިމަ މިނިވަންކަން ކޮންމެ ދިވެއްސަކަށްވެސް ލިބެން ޖެހޭ ކަމަށެވެ.

ނަމަވެސް މިހާރުވެސް އަނެއްކާވެސް ތަކުރާރުވަމުންދަނީ ހަމަ އެއް ހާލަތެއް ކަމަށާއި، އެހާލަތު ބަދަލު ކުރަން ޖެހޭނެ ކަމަށެވެ. މިއީ އެޑިއުކޭޓެޑް ސޮސައިޓީ އެއް ކަމަށާއި، ނަމަވެސް މި ފެންނަނީ ތަފާތު މަންޒަރެއް ކަމަށެވެ.

ކަމަކަށް ބޭނުންވެގެން ބޭނުންވާ އެކަޑަމިކް އިޔާލެއްވެސް ފާޅު ނުކުރެވޭ ކަމަށާއި، އަދި ވަކި ކަމަކާއި ގުޅޭ ގޮތުން ފަންނީ ހިޔާލެއްވެސް ފާޅު ކުރުމަށް ފަސްޖެހޭ އެތައްބަޔަކު އެބަތިބި ކަމަށްވެސް ޝިދާތާ ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް