ads
ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
ކުޑަކުއްޖަކާ ބެހުނު މީހަކު 28 އަހަރަށް ޖަލަށް
ކުޑަކުއްޖަކާ ބެހުނު ކަމުގެ ދެ ދައުވާއެއް ސާބިތުވެ މީހެއްގެ މައްޗަށް 28 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

މި ހުކުމް އައީ ބ.ތުޅާދޫ، ދުންފިނިގެ، ނިޝާން އިބްރާހީމްގެ މައްޗަށެވެ. ކުޑަ ކުދިންގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމުން މި މައްސަލަ ކޯޓުގައި ކުރިއަށް ގެންދިޔައީ އާއްމުކޮށް ހުޅުވާނުލައެވެ.

މި މައްސަލައިގައި ނިޝާން އިބްރާހީމްގެ މައްޗަށް އުފުލީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދެ ދައުވާ އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް، ޝަރީޢަތަށް ސާބިތުވެފައިވާ މައްސަލައެއްކަމުގައި ކަނޑައަޅައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ޤަޞްދުގައި އަތްލުމުގެ ކުށުން ބ.ތުޅާދޫ / ދުންފިނިގެ، ނިޝާން އިބްރާޙީމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މި ކުށުގެ އުޤޫބާތެއްގެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގެ ދަށުން، ނިޝާން އިބްރާޙީމް 14 (ސާދަ) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރެވިފައި

ކްރިމިނަލް ކޯޓުން ބުނީ ނިޝާން އިބްރާހީމްގެ މައްޗަށް ދެ ދައުވާ އުފުލާފައިވަނީ 2019 ވަނަ އަހަރުގެ އެކިދުވަސް މަތިން، މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާގެ ގެއަށް ގޮސް، ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލާފައިވާތީ ކަމަށެވެ.

ނިޝާންވަނީ އޭނާގެ މައްޗަށް ކުރި ދެ ދައުވާއަށްވެސް އިންކާރުކޮށްފައެވެ. އެހެންވެ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކި ގަރީނާއަށް ރިއާޔަތްކުރުމުން މި ކުށުގެ މާއްދީ ރުކުނާއި މައުނަވީ ރުކުން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވާ ކަމަށް ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި މި ދެ މައްސަލައިގެ ހުކުމް އިއްވީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް