ads
ރައީސް ސާލިހު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ރައީސްގެ ދަތުރުފުޅުގެ ރަސީދުތައް ސިއްރުކުރަން އެދި ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރު
ރައީސުލްޖުމްހޫރިއްޔާގެ ނިއުޔޯކް ދަތުރުފުޅުގެ ރަސީދުތައް ހޯދުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުގައި ދައުލަތުގެ ފަރާތުން އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލައިނުގަނެ މިއަދު އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
Advertisement

ހައިކޯޓުން އެ މައްސަލައުގައި ރަސީދުތައް އާންމުކަން އެންގި އެންގުމަށް ތާއީދު ކުރުމުން، މިމަހު ދެ ވަނަ ދުވަހު ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކޮށްފައެވެ. 

ރައީސް ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ ވަފްދު ނިއުޔޯކަށް ކުރި ދަތުރުގެ ހަރަދު ތަފްސީލާއި ހަރަދު ކުރި ގޮތުގެ ރަސީދުތައް ހޯދަން ރައީސް އޮފީހަށް ހުށަހެޅީ ދިޔަރެސް ނޫހުގެ ފަރާތުން އަހްމަދު އަޒާން އެވެ.

ރައީސް އޮފީހުން ހިއްސާކުރީ ހަރަދު ތަފްސީލް އެވެ. ރަސީދުތަކުގެ ކޮޕީ ހިއްސާކޮށްފައެއްނުވެއެވެ.

"ދިޔަރެސް" ނޫހުން ރަސީދު ތަކުގެ ކޮޕީ ހޯދަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން އެ އޮފީހުން ވަނީ ދިޔަރެސް ނޫހުން އެދިފައިވާ ހަރަދު ތަފްސީލާއި ރަސީދުތަކުގެ ކޮޕީ ހިއްސާކުރަން އަންގާފައެވެ.

ރައީސް އޮފީހުން ކުރިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު އދ.ގެ 76 ވަނަ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހާއިި ސަރުކާރުގެ ވަފްދު ކުރެއްވ ދަތުރުގެ ހަރަދަށް ހިިނގީ 5.3 މިލިއަން ރުފިޔާއެވެ.

56%
ކަމުގޮސްފި
22%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް