ads
ހ. ނޫރޮދި ފާތުމަތު ނިއާމް އަހުުމަދު އޭނާގެ ކުޑަ ދަރިފުޅާއެކު .....
އެކަނިވެރިމައެއް ގޮހަރުގެ އޮޕަރޭޝަނަކަށް ރާއްޖޭން ބޭރަށް ނުދެވި އެހީއަށް
ގޮހޮރުގެ މައްސަލަ ތަކާއި، ކިޑްނީގެ މައްސަލަ ތަކާއި، ކެންސަރާއި މިފަދަ އެތައް ބައްޔަތަކީ ރާއްޖޭގެ އާންމު ބަލިތަކެވެ. މި ބަލިތައް ރާއްޖޭގައި އާންމު ބަލިތަކަކަށް ވެފައިވާއިރު، މިފަދަ ގިނަބަލިތަކަކަށް ރާއްޖޭން އެންމެ ރަނގަޅު ފަރުވާއެއް ނުލިބެއެވެ.

މިފަދަ ބޮޑެތި ބަލިތައް ރާއްޖޭގައި އާންމުވެފައިވާއިރު، މިއިން ބައްޔަކަށް ހުށައެޅިއްޖެ ނަމަ ދާން ޖެހެނީ ދުރު ގައުމަކަށެވެ. އެގޮތުން ގޮހޮރުގެ ބައްޔެއް ކަަމަށްވާ "ސިވާ ރިފްލެކްސް ޑިސީސް އެންޑް އެސްފަގިޓްސް" ހުށައެޅިފައިވާ ހ. ނޫރޮދި ފާތުމަތު ނިއާމް އަހުުމަދުވެސް ރާއްޖޭއިން ނުކުރެވޭ އޮޕަރޭޝަނަކަށް ފަރުވާ ހޯދުމަށް ރާއްޖޭން ބޭރަށްދާން ވަނީ ޖެހިފައެވެ.

އެކަނިވެރި މައެއް ކަމުން ފަރުވާ ހޯދުމަށް ފައިސާގެ އެހީތެރިކަމަށް ވެސް އޭނާވަނީ ބޭނުންވެފައެވެ. ނިއާމް އޭނާގެ ބަލީގެ ހާލަތު ސީއެންއެމް އަށް ކިޔައިދެމުން ބުނީ އޭނާ އަށް ފުރަތަމަ ދިމާވީ ކާއެއްޗެއް ކެއުން ހޮޑުލެވުމާއި، ނޭވާ ހާސްވުން ކަމަށެވެ.

އެގޮތަށް އެކަން ދިމާވާން ފެށުމުން ވަކިވަކިން ޑޮކްޓަރުންނަށް ދެއްކި ކަމަށާއި، އެއީ ވަކި ބަލިތަކެއްގެ ގޮތުގައި ހީކޮށްގެން ކަމަށެވެ. ނަމަވެސް އަސްލު ބައްޔަކީ ކޮބައިކަން ނޭގި ދުވަސްތައް ދިގުލައިގެން ދިޔަ ކަމަށެވެ. ވަކި ބަލިތަކެއްކަމަށް ހީކޮށް ފަރުވާ ކުރަމުން ދިޔައިރު ނިޔާމަށް ބޭނުންކުރެވުނީ ހަށިގަނޑުގައި ނެތް ބައްޔެއްގެ ބޭސްތަކެވެ.

"އަސްލު ބައްޔަކީ ކޮބައިކަން އެނގުނުއިރު، ވަކި ވަކި ބަލިތަކެއް ކަމަށްހީކޮށް ފަރުވާ ކުރާތާ ދެ އަހަރު ވެދާނެ." ނިއާމް ބުންޏެވެ.

ނިއާމް ބުނީ ކާތަކެތީގެ، ވިހަ މައްޗަށް އެރުމުގެ ސަބަބުން ކަރުތެރެވެސް ހަލާކުވެފައިވާ ކަމަށެވެ. އޭގެ ސަބަބުން އެތައްވޭނަކަށް އޭނާ ހުށައެޅިފައިވާ ކަމަށެވެ.

your imageހ. ނޫރޮދި ފާތުމަތު ނިއާމް އަހުުމަދުގެ ބަލީގެ ހާލަތު އަންގައިދޭ ލިޔުމެއް....

ނިއާމްގެ އުމުރުން 32 އަހަރެވެ. އޭނާގެ ފަސް އަރަރު ކުއްޖަކު އެބަހުއްޓެވެ.  ނިއާމް ބުނީ އަސްލު ބައްޔަކީ ކޮބައިކަން މިހާރު ދެނެގަނެވިފައިވާއިރު، ނިއާމް އަށް ކުރިމަތިވެފައިވަނީ ވަަރަށް ހިތްދަތި ހާލެތެއްކަމަށެވެ. ސަބަބަކީ ނިއާމް ބުނާ ގޮތުން އޭނާ ވަޒީފާ އަށްވެސް ދެއެވެ. ބަލިގެ ހާލަތު ހުރިގޮތުން ވަޒީފާ އަށް ދިއުމުގައި ވެސް ނިއާމްއަށްވަނީ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ.

އަދި އަމިއްލަ އަށް ތަނެއް ކުށްޔަށް ހިފައިގެން އުޅުމުން ވަރަށް ބޮޑަށް ދަތިތަކެއް ހުރިކަމަށް ނިއާމް ބުންޏެވެ. ދަރިފުޅުގެ ކަންތައްބަލަމުން އަމިއްލަ އަށް ކުލިދައްކައިގެ އުޅުން އޭނާ އަށް ފަސޭހައެއް ނުވެއެވެ.

ނަމަވެސް މިހާރު މިދަނީ ބައްޔަށް ފަރުވާ ހޯދަން އިންޑިޔާ އަށް ދިއުމަށް މަސައްކަތް ކުރަމުންކަމަށާއި، އާންމުންގެ އެހީތެރިކަމަށް ބޭނުންވާ ކަމަށެވެ. ނިއާމް ބުނީ އޭނާ އަށް ދިމާވެފައިވާ ގޮހޮރުގެ މައްސަލައަށް ފަރުވާ އެއް ކަމަށްވާ ގޮހޮރުގެ އޮޕަރޭޝަނަކީ ރާއްޖެއިން ނުކުރެވޭ އޮޕަރޭޝަނެއް ކަމުން އާސަންދަ ލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. 

ނަމަވެސް އިންޑިޔާ ފަދަ ދުރު ގައުމަކަށް ދިއުމުގައި އާސަންދަ ލިބުނު ކަމުގައިވީނަމަވެސް އެހީތެރިއެއްވެސް ބޭނުންވާ ކަމަށާއި، އަދި އެތަނުގައި ހޭދަވާނީ ކިތައް ދުވަހެއް ކަމެއްވެސް ނޭނގޭ ކަމަށެވެ. އެ ގައުމުގައި މަޑުކޮށްގެން ހުންނައިރު ކެއުމާއި ހުރުން ބޭނުންވާތީ އެހީތެރިކަމަށް އެދޭ ކަމަށްވެސް ނިއާމް ބުންޏެވެ.

ނިއާމް ބޭނުންވަނީ އޭނާ އަށް ކުރިމަތިވެފައިވާ ވޭނީ ބަލިން އަރައިގަތުމަށްޓަކާއި ތި އެންމެންގެ ދީލަތި އެހީތެރިަކަމެކެވެ. 

އެވީވުމަށް: 

ގުޅޭނެ ނަންބަރު 9777959

އެކައުންޓް ނަމްބަރު 7730000252438 (ބިމީއެމްއެލް) ފާތުމަތު ނިއާމް އަހުމަދު

ނޯޓު: ސީއެންއެމް އެހީގެ ދަށުން ލިޔެފައިވާ އާޓިކަލްތަކުގައި ވާ ފަރާތްތަކަށް އެހީވުމުގެ ކަންކަން އެ ފަރަތާއި ގުޅައިގެން ކުރިއަށް ގެންދިއުން އެދެމެވެ. 

26%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
59%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް