
އާދިއްތަ ދުވަހު އެމެރިކާގެ ސްޓޮކް ފަސް ޕަސެންޓައް ދަށަށް ގޮސް، ސްޓޮކް އެންމެ ދަށަށް ވަނީ ވެއްޓިފަ އެވެ.
އެމެރިކާއިން ވަނީ އެ ގައުމުގެ ފެޑެރަލް ރިޒާވުން 700 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑުތަކާއި މޯޓޭޖު ސެކިއުރިޓީތައް ގަތުމަށް ނިންމާފަ އެވެ.
އެމެރިކާގެ ފެޑެރަލް ރިޒާވްގެ އިންޓެރެސް ރޭޓް ސުމަކަށް ތިރިވެފައި ވަނީ މީގެ 10 އަހަރު ކުރިން ދުނިޔެއަށް ކުރިމަތިވި ގްލޯބަލް ފައިނޭންޝަލް ކްރައިސިސްގަ އެވެ.
އެ ގައުމުން ދަނީ ބޭންކް އޮފް ކެނެޑާ، ބޭންކް އޮފް އިންގްލޭންޑް، ބޭންކް އޮފް ޖަޕާން އަދި ޔޫރަޕިއަން ސެންޓްރަލް ބޭންކު އަދި ސްވިސް ނޭޝަނަލް ބޭންކާއި ގުޅިގެން އެ ގައުމުތަކުގެ އެކްސްޗޭންޖް ރޭޓް ދަށްކުރުމާ ގުޅޭގޮތުން އެ ގައުމުތަކާއެކު މަޝްވަރާ ކުރަމުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން އެމެރިކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވާއިރު، އެ ގައުމުގެ ގިނަ ސްޓޭޓްތަކެއް ވަނީ ލޮކްޑައުނަށް ގޮސްފަ އެވެ. އަދި އެ ގައުމުން ވަނީ ގިނަ ޓްރެވަލް ރެސްޓްރިކްޝަން ތަކެއް ވެސް އަޅާފަ އެވެ.
އެމެރިކާއިން މިހާތަނަށް 3884 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު ވައިރަހުގެ ސަބަބުން އެގައުމުން 70 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން އޭޝިއާ ޕެސިފިކް ގެ ސެންޓްރަލް ބޭންކު ތަކުން ގިނަ ފިޔަވަޅުތަކެއް އަޅަމުން ދާއިރުވެސް ގިނަ ގައުމުތަކުގެ މާކެޓުތައް ދަނީ ވެއްޓެމުންނެވެ.