އަންބޮނޑިއަކީ އިހުޒަމާނުގައި މުންޑުފަދަ ތަކެތި އަނެދގެން އުޅޭއިރު ޖީބުގެ ބަދަލުގައި ތަކެތި ފޮރުވުމަށް މުންޑު އޮޅާލައިގެން ހަދާ ޖީބެއްފަދަ އެއްޗެކެވެ.
އަންބޮޑި ބޮޑުކުރުން ނުވަތަ ބޯކުރަން ކަމަށް މިހާރު ކިޔައި އުޅެނީ މީހަކު އަމިއްލަ އެދުމަށް ކަމެއް ކުރާތީ، "އަމިއްލަ ޖީބަށް ބަރުކުރުން" ފަދަ މާނައެއްގައެވެ.
މެންބަރު މޮސްޓާ މިހެން ވިދާޅުވީ ސީއެންއެމްޓީވީގެ އިތުރުކާފް ޕްރޮގުރާމްގައި ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
މޮސްޓާ ވިދާޅުވީ ރައީސުލްޖުމްހޫރިއައްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، މަޖުލީހުގެ ރައީސާއި ޖެހޭ މައްސަލައެއްގައި މުޅި މަޖުލީސް ހުއްޓުމަކަށް އަންނަން ނުޖެހޭ ކަމަށާއި، އޭގެ ސަބަބުން ކޮމިޓީތައް ހުއްޓި ދެން ލިބެނީ މެމްބަރުންނަށް ލިބޭ ގެއްލުން ކަމަށެވެ.
އަދި މީގެ ސަބަބުން ކޮމިޓީތައް ހުއްޓިފައިވާ ކަމަށާއި، ގައުމަށް ފައިދާހުރި ކަމެއް ކުރަން އުޅޭ ތަނެއް ނުފެންނަ ކަމަށެވެ. އަދި ރައިސް ނަޝީދު މަގާމުން ދުރުވާން ބޭނުން ނުވާ ކަމަށާއި، މިއަދުގެ ސަރުކާރުގެ ބައެއްފަރާތްތަކުން އޭނާ ގޮޑީގައި ބައިންދާ ކަށްވެސް ބޭނުން ނުވާ ކަމަށެވެ.
ނަމަވެސް މީގެ ކުރިން މަޖުލީހުގެ ތެރެއިންވެސް މި މަންޒަރު ފެންނަމުން ދިޔަކަމަށާއި، އޭރުވެސް ކަންބޮޑުވުމާއެކު އެވާހަކަތައް ހުށައަޅުމުން ދިޔަކަމަށެވެ. ނަމަވެސް މަޖުލީހުގެ ތެރެއިން ވާހަކަ ދައްކަން ލިބޭ ފުރުސަތުވެސް ހުއްޓުވާ، ވަކިބަޔަކަށް ފުރުސަތު ދީފައިވާތަންވެސް ފެނިފައިވާ ކަމަށެވެ. އެދުވަހުވެސް ހަމައެއް، އިންސާފެއް ނެތް ކަމަށް، ވިދާޅުވަމުން ދިޔަކަމަށް މޮސްޓާ ވަނީ ފާހަގަ ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިރަކުން އެއްފަހަރާ ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މަސައްކަތްތައް ނިމެންދެން މަޖިލީހުގެ ހިނގަމުންދާ ދައުރު ދަންމާލަން މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ހުށަހެޅިއެވެ. މިހާރު މަޖުލިސް ހުއްޓިފައި އޮތުމަށްފަހު މަޖުލީސްވަނީ ޗުއްޓީއަށް ގޮސްފައެވެ. ދެން މަޖުލީސް ހުޅުވޭނީ އަންނަ އޮގަސްޓްގައެވެ.
ނަމަވެސް މަޖުލީސް ޗުއްޓީއަށް ދިޔައިރު ރައީސާއި ނައިބުގެ އިތުބާރުގެ މައްސަލައަށް ވަނީ ވަކި ގޮތެއް ނުނިންމައެވެ.