ads
ސުނިލް ޝެޓީ
ޓޮމާޓޯ އާ ގުޅޭގޮތުން ދެކެވުނު ވާހަކަތަކަށް ސުނިލް ސެޓީ މައާފަށް އެދިއްޖެ
އިންޑިއާގައި ޓޮމާޓޯގެ އަގު އިންތިހާއަށް ބޮޑުވެފައިވަނިކޮށް، ސުނިލްސެޓީ ޓޮމާޓޯ އާގުޅޭގޮތުން ދެއްކި ވާހަކަ ތަކަކާ ގުޅޭގޮތުން އިންޑިއާގެ ގިނަބަޔަކު ނުރުހުން ފާޅުކުރުމުން އެ މައްސަލައިގައި ސުނިންޝެޓީ މައާފަށް އެދިއްޖެއެވެ.
Advertisement

ސުނިލް ސެޓީ ބުނީ އޭނާގެ އާއިލާއިން އަބަދުވެސް ކަނީ ފްރެޝް ޓޮމާޓޯ ކަމަށާއި، އަގު ހެޔޮ އަދި ފީވެފައިވާ ޓޮމާޓޯ އޭނާއަށާ އޭނާގެ އާއިލާއަށް ކަމަކު ނުދާކަމަށެވެ. 

"އަންހެނުން ގަންނަނީ ހަމައެކަނި ދެތިން ދުވަހު ބެހެއްޓޭ ތާޒާ ޓޮމާޓޯ. ފެން ގިނަ ނޫނީ އަގުހެޔޮ ޓޮމާޓޯ ވެސް ނުގަންނޭ،" މީގެ ހަފްތާއެއްހާ ދުވަސް ކުރިން ޓޮމާޓޯއާގުޅޭގޮތުން ދެކެވުނު ވާހަކައެއްގައި ސުނިލްސެޓީ ބުންޏެވެ. 

ނަމަވެސް ސުނިލްސެޓީ ބުރާސްފަތި ދުވަހު ބުނީ އޭނާ ދެއްކި ވާހަކަތައް ބައެއް މީހުން އޮޅުވާލައިގެން ނޫސްތަކުގައި ލިޔެފައިވާކަމަށެވެ. އަދި އޭނާ ޓޮމާޓޯގެ އަގު ބޮޑުވުމުން ޓޮމާޓޯ ގިނައިން ކާހިތްވާކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށެވެ.

"އަޅުގަނޑު ދުވަހަކުވެސް މީހަކު ރުޅިއަރުވަން ބޭނުމެއް ނޫން. ގަސްތެއްވެސް ނުކުރަން މީހަކު ރުޅިއަރުވާކަށް. ގޯސް ވާހަކައެއް ދެކެވިފަ އޮތްނަމަ މައާފަށް އެދެން،" ސުނިލް ޝެޓީ ބުންޏެވެ. 

އިންޑިއާގައި މިއަހަރު ފެށުނު ފަހުން ޓޮމާޓޯގެ އަގު ވަނީ 300 ޕަސަންޓަށްވުރެ މައްޗަށް އުފުލިފައެވެ. ޓޮމާޓޯގެ އަގު އުފުލުނީ ބައެއް ދަނޑުތައް ފެން ބޮޑުވެގެން ހަލާކުވުމާއި، މޫސުން ގޯސްވުމުގެ ސަބަބުން މާކެޓަށް ޓޮމާޓޯ ނެރެން ކުރާ ގިނަ ދަތުރުތަކަށް ބުރޫއެރުމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް