ads
މަހާނަގާތަކެއް:-
ތިނަދޫ މަހާނަ އަކަށް ސިހުރު ހަދައި، ފިލި ދެ މީހުން ހޯދަން އިއުލާނު ކޮށްފި
މިދިޔަ އަންގާރަ ދުވަހު އިމިގްރޭޝަނުން ހޯދަން އިއުލާނުކުރި ދެ މީހުންނަކީ ގދ. ތިނަދޫ މަހާނައަކަށް ސިހުރުހެދި ކަމުގެ ތުހުމަތުގައި ހޯދަމުން ދިޔަ ދެ މީހުންކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އިމިގްރޭޝަނަށް ހާޒިރުވާން އަންގައި އިއުލާނުކޮށްފައިވާ ދެ މީހުންނަނީ، އުމުރުން 78 އަހަރުގެ ކޮޔާ ކަލިމަތް ހާލިދު އަދި  އުރުމުރުން 34 އަަހަރުގެ އިލިޔާސް އަންސަރީ ހަލިޔަތް ކޮޔާއެވެ. މި ދެމީހުންނަކީވެސް އިންޑިއާ ދެމީހުންނެވެ. 

އެމީހުންނާ ގުޅޭ މައުލޫމާތެއް ލިބުނަސް އިމިގްރޭޝަން އެންގުމަށް އެދިފައިވެއެވެ. 

އެމީހުން ސިހުރު ހަދަން ތިއްބައި އާންމު ރައްޔިތުންގެ ވެސް އެއްވެ އެމީހުން ޗެކް ކުރިއިރު އެތަނުން އެކަކު އަތުން "ސިހުރު ލިޔެފައި ހުރިކަމަށް ބެލެވޭ އެއްޗެއް" ފެނުނުކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ވެސް ރިޕޯޓުކޮށްފައިވެއެވެ. 

އެ ދެމީހުން ހޯދަން އިއުލާނުކުރީ މަހާނައެއް ކޮނެގެން ސިހުރުހަދާ ވީޑިއޯއެއް އެރަށު މީހުން ދިރިއުޅޭ ސޯޝަލް މީޑިއާ ގުރޫޕުތަކާއި ދައުރުވުމާއި ގުޅިގެން އެރަށުގައި އުފެދުނު ހަމަނުޖެހުންތަކެއްގެ ސަބަބުން އެމީހުންގެ ތަހުގީގެއް ކަމާބެހޭ އިދާރާތަކުން ހިންގަމުން ގެންދާތީކަމަށްވެސް މައުލޫމާތު ލިބެއެވެ. 

"ތި މަހާނަ ކޮނުނު މައްސަލަ މިހާރު ވަނީ ސިޔާސީ މައްސަލައަކަށްވެފަ،" ސީއެންއެމްއާ މިއަދު ވާހަކަދެއްކި މީހާ ބުންޏެވެ. އޭނާ ބުނީ ދެ ޕާޓީއެއްގެ ދެމެދުގައި ހިނގަމުން އަންނަ ކޯޅުންގަނޑަކާއި މި ކަމާއި ގުޅުން އޮތުމަކީ އެކަށީގެންވާކަމެއްކަމަށެވެ.

ނަމަވެސް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބޭގޮތުގައި މި މައްސަލައިގައި އެ ދެމީހުން ހޯދަން އިއުލާނުކުރިއިރު، ދެ މީހުން ރާއްޖެއިން ފުރައިގެން ގޮސްފިއެވެ. 

އެ ދެމީހުން އިމިގްރޭޝަންގެ ރިސްކު މެނޭޖުމަންޓަށް ހާޒިރުވާން ދީފައިވާ މުހުލަތު ހަމަވާނީ އަންނަ އާދިއްތަ ދުވަހަށެވެ. 

މި މައްސަލައިގައި އެ ރަށު ކައުންސިލް ރައީސް ސައުދު އަލީއަށް ގުޅުމުން ފޯނު ނުނަންގަވާތީ އެ ބޭފުޅާގެ ބަހެއް އަދި ނުލިބެއެވެ. އެސަހަރާ ހުންނަ ސަރަހައްދުގައި ހުންނަ މިސްކުތުގެ އިމާމުވެސް ފޯނު ނުނަންގަވައެެވެ. ފުލުހުންގެ ބަހެއް ހޯދުމަށް މިހާރު ވަނީ އެދިފައެވެ. 

 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް