ads
'ތާނަވާ' އަދަބީ ކާނިވަލް: ކާނިވަލަށް ބޮޑު ތަރުހީބެއް ލިބުނު - ފޮޓޯ:ބީސީސީ
ބޮޑު ތަރުހީބެއް ލިބުނު ބީސީސީގެ 'ތާނަވާ' އަދަބީ ކާނިވަލް ނިންމާލައިފި
ދިވެހި އަދަބިއްޔާތު ކުރިއަރުވާ، އަދަބީ މަސައްކަތްތައް ކުރާ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށް ބޭއްވި 'ތާނަވާ' އަދަބީ ކާނިވަލަށް ބޮޑު ތަރުހީބެއް ލިބި ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

ތާނަވާ 2023 އަކީ ދިވެހި އަދަބިއްޔާތު ކުރިއަރުވާ، އަދަބީ މަސައްކަތްތަކުން އާމްދަނީ ހޯދާ ފަރާތްތަކަށް، އެ ފަރާތްތަކުން ކުރާ މަސައްކަތްތައް އިޝްތިހާރުކޮށް، ވިއްކުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާ އެކު ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ދިވެހި ބަހުގެ އެކެޑަމީ އާއި ބަހާއި އަދަބިއްޔާތަށް މަސައްކަތްކުރާ ޖަމިއްޔާތަކުގެ ބައިވެރިވުމާ އެކުގައި ބޭއްވި ކާނިވަލެކެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ކުރިއަށް ގެންދިޔަ 'ތާނަވާ' ކާނިވަލަކީ މިފަދަ ގޮތަކަށް ރާއްޖޭގައި ބޭއްވި ފުރަތަމަ އަދަބީ ކާނިވަލެވެ.

ބީސީސީން ބުނެފައިވަނީ ތާނަވާ ކާނިވަލް ބޭއްވުމުގެ ބޭނުމަކީ ސަގާފަތާއި އަދަބިއްޔާތު ދިރުވާ އާލާކުރުމާ އެކު އަދަބީ ކަންކަމުގައި ހަރަކާތްތެެރިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އާންމުންނަށް ފަސޭހައިން ބަލާލެވޭނެ ފަދަ މާހައުލެއް ގާއިމުކުރުން ކަމަށެވެ.

your image'ތާނަވާ' އަދަބީ ކާނިވަލް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ބީސީސީ

'ތާނަވާ' ކާނިވަލުގައި ތިރީހަކަށް ސްޓޯލް ހުރިއިރު، އެ ސްޓޯލްތަކުން ލިޔުންތެރިންގެ ފޮތްތަކާއި އަދަބިއްޔާތާއި ސަގާފަތާ ގުޅުންހުރި ބައެއް ތަކެތި ލިބެން ހުއްޓެވެ. ކާނިވަލުގައި ބައިވެރިވި ވިޔަފާރިތަކުން ފާހަގަކޮށްފައިވަނީ މި ކާނިވަލަކީ ކާމިޔާބު ކާނިވަލެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މިފަދަ ކާނިވަލުތައް ބޭއްވުމަކީ އަދަބިއްޔާތާއި ސަގާފަތާ ގުޅުންހުރި ތަކެތި މާކެޓް ކުރުމަށް މުހިންމު ކަމެއް ކަމަށެވެ.

ލިޔުންތެރިންގެ އުފެއްދުންތަކާއި އަދަބިއްޔާތާ ބެހޭ އެކި ހަރަކާތްތަކާއި ސަގާފަތާ ގުޅުންހުރި ތަފާތު ފަންނުވެރިންގެ މަސައްކަތްތައް މި ކާނިވަލުން ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ސަގާފީ ހެދުންތަކާއި ރަސްރަސްކަލުން ތުރުކުރެއްވި ހެދުންކޮޅުތައް ދައްކާލުމަށް ފެޝަން ޝޯއެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް 'ތާނަވާ' އަދަބީ ކާނިވަލަށް ލިބުނު ކަމަށް ބީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް