ads
މަފާޒް
އުމުރުން 13 އަހަރުގެ މަފާޒު އެދެނީ، ލޮލުގެ ފެނުމަށްޓަކައި ދީލަތި އެހީއަށް!
"އަނދިރީގައި އުޅެން ބޭނުންވަނީ. ލައިޓް ޖައްސާފައި ހުއްޓަސް އުނދަގޫވޭ. އަބަދު ބާލިސް ލޯމަތީގައި އަޅައިގެ އުޅެނީ،" ލޮލަށް ދިމާވާ ބައްޔެއް ކަމަށްވާ ކެރެޓް ކޯނިއާ ޖެހިފައިވާ އުމުރުން 13 އަހަރުގެ މުހައްމަދު މަފާޒުގެ ބައްޕަ މައުސޫމް އޭނާގެ ދަރިފުޅު އުޅޭ ހާލު ސީއެންއެމްއާ ހިއްސާކުރަމުން ބުންޏެވެ.

ލޮލަށް އުނދަގޫތަކެއްވާ އެބަލި މަފާޒަށް ޖެހިފައިވަނީ މަފާޒުގެ އުމުރުން އެއް އަހަރުގައި ކަމަށާއި، މަފާޒު ގޮވައިގެން އިންޑިޔާ އަށް މިހާރު 27 ފަހަރު ދެވިއްޖެ ކަމަށް މައުސޫމް ބުންޏެވެ. 

''މަފާޒުގެ ލޮލުން ފުރަތަމަ އައީ ދޮސް ފާޑެއްގެ އެއްޗެއް. މިހާރުވެސް ދޮސް އާދޭ. އަދި އެވަރަށް ފެންވެސް އާދޭ. ކުއްޖާގެ ލޮލުން .'' މައުސޫމް.

ގއ. ކަނޑުހުޅުދޫ ހަދުވަރުދޭގެ މައުސޫމް ހަސަން ''ސީއެންއެމް'' އަށް އޭނާގެ ދޮށީ ދަރިފުޅަށް ދިމާވެފައިވާ ބަލީގެ ވާހަކަ ދައްކަމުން ބުނީ ކުއްޖާ ފުރަތަމަ އެބައްޔަަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ، މަފާޒްގެ ސްކިން މައްސަލައެއް ފާހަގަ ކުރެވިގެން ގދ. ތިނަދޫގައި ހުންނަ ޑރ. އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގޮސް ދެއްކުމުން ކަމަށާއި، އެހާ ހިސާބުން ކުއްޖާ ގޮވައިގެން މާލެ ބަދަލުވީ ކަމަށެވެ.

ސަބަބަކީ ކުއްޖާ އަަބަދު ޑޮކްޓަރަށްދައްކަން މާލޭގައި އަންނަން ޖެހުމާއި، އެހެނިހެން ކަންކަމުގައި ކަމަށެވެ. ފުރަތަމަ ޑޮކްޓަރުން ބުނީ އެލާޖިކެއް ކަމަށެވެ. އެގޮތުން ބޭސް ދިނީ އެލާޖިކަކަށް ދޭ ބޭސްތަކެއް ކަމަށް މައުސޫމް ބުންޏެވެ.

"މާލެ އައިސް ކުލިނިކްތަކަށާއި، އެކި ހޮސްޕިޓަލް ތަކަށް ދެއްކިން. އައިޖީއެމްއެޗް އަށްވެސް ދެއްކިން. މާބޮޑު ކުރިއެރުމެއްނުލިބޭ. ނަމަވެސް އޭޑީކޭ އަށް ދެކުމުން ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ދިއުމަށްބުނި." މައުސޫމް ކިޔައިދިނެވެ.

your imageމުހައްމަދު މަފާޒުގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައި....

މަފާޒަށް ނުވަ އަހަރު ވަންދެން ޖުމްލަ ލޮލުގެ 7 ސާޖަރީއެއް ހަދާފައިވާ ކަމަށާއި، ނަމަވެސް ބައްޔަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. ޑޮކްޓަރުންގެ ވިދާޅުވަމުން ދިޔައީ ކުއްޖާއަށް ޖެހިފައިވާ ބައްޔަކީ ވަރަށް މަދުންފެނަ ބައްޔެއް ކަމަށެވެ. އެއ

ނަމަވެސް ލިބޭ މުސާރައިން މާލޭގެ ތަނެއް ކުއްޔަށް ހިފައިގެން އުޅުމުން ތަނުގެ ކުލި ދީފައިި ދަރިފުޅު ގޮވައިގެން ބޭރަށް ގޮސް ތިބުމުގައި ދަތި ތަކެއް ކުރުމަތިވާތީ ލޯނުވެސް ނާގަފައިވާ ކަމަށް މައުސޫމް ބުންޏެވެ. ނަމަވެސް ބޭނުންވަނީ ކޮންމެ ހާލެއްގައި އުޅެގެންވެސް ކުއްޖާ އަށް ރަނގަޅު ފަރުވާއެއް ލިބުން ކަމަށް މައުސޫމް ކިޔައިދިނެވެ.

މައުސޫމުގެ ތިން ދަރިން އެބަތިއްބެވެ. މާލޭގައި އުޅެނީ ކުއްޔަށް ތަނެއް ހިފައިގެންނެވެ. ހުރިހާ ހަރަދެއް ކޮށްފަ ދަރިފުޅު ގޮވައިގެން ބޭރަށްދާން ރައްކާކުރާނެ ފައިސާ އެއް އޭނާ އަތަކު ނުހުރެއެވެ. 

ނަމަވެސް ދަރިފުޅަށްޓަކާއި އެކުއްޖާގެ ލޮލުގެ ވޭނުން ސަލާމަތް ކުރުމަށް ބޭނުން ވެއެވެ. މައުސޫމަށް މިއަދު މަޖުބޫރުވަނީ މީހުންގެ އެހީތެރި ކަމާއި އެކުވެސް ފަރުވާއަށް ބޭނުންވާ އެހީތެރިކަމެވެ. 

"ފަހުން އިންޑިޔާ އިން ބުނީ އިންޖެކްޝަން ޖެހުމަށް. އެކަންވެސް ކުރިން. ބައްޔަށް މާބޮޑު މާބޮޑު ކުރިއެރުމެއް ނުލިބޭ. އަޅުގަނޑު މިހެން މާފާޒް ގޮވައިގެން އުޅުމުގެ ތެރޭގައި މައުލޫމާތު ލިބިފައިވަނި ތައިލެންޑުން ފަރުވާ ލިބޭނެ ކަމަށް. ބޭނުންވަނީ ކުއްޖާ ގޮވައިގެން ތައިލެންޑަށްދެވޭތޯ." މައުސޫމް ބުންޏެވެ.

މައުސޫމް ބުނީ މަފާޒުގެ ބައްޔަށް އާސަންދަ ލިބޭ ކަމަށާއި، ނަމަވެސް އިންޑިޔާ އަށް ދާ ކޮންމެ ފަހަރެއްގައި ވެސް ގިނަ ޑޮކޓަރުންނަށް ވެސް ދައްކަން ޖެހޭ ކަމަށެވެ. އެއީ ކުއްޖާގެ ބަލީގެ ހާލަތުން ކަމަށާއި، އެގޮތުން ހޯމޯންސް އަށާއި، އެތެރެހަށީގެ އިތުރުންވެސް ބައެއް ޑޮކްޓަރުން ނަށް ދެއްކަންވެސް ޖެހޭ ކަމަށެވެ.

''އަބަދު ހޭ ނެއްތާތީ ހެދިބޮޑުވުންވެސް ލަސްވޭ. ގުރޭޑް އަށަކަށް ބަދަލުވާ މާފަާޒަށް މިހާރު ސުކޫލަށްވެސް ނުދެވޭ. ލޮލުން ނުފެންނާތީ''

މަފާޒަކީ ކިޔަވަން މޮޅު ކުއްޖެކެވެ. ނަމަވެސް އެކުއްޖާ އަށް މިއަދު ޖެހިފައިވަނީ ސުކޫލަށް ނުދެވި ގޭގައި އޮންނާށެވެ. އެކަމުން އަރައިގަނެވޭނީ މަފާޒުގެ ލޮލަށް ފަރުވާ އެއް ލިބިގެންނެވެ.

އިންޑިޔާގައިި އެކަމަށް ހާއްސަ ހޮސްޕީޓަލު ތަކުންވެސް އެތައްފަހަރު ޑޮކްރަށް ދެއްކުނު ކަމަށާއި، އިންޑިޔާގެ އަގަރުވާލާ ހޮސްޕިޓަލާއި، އަރަވިންދު ހޮސްޕިޓަލަށާއި، ޓައިޓޭނިކް އަށްވެސް ދެއްކުނު ކަމަށެވެ. ނަމަވެސް އެ ހޮސްޕިޓަލުތަކުންވެސް އަންގާފައިވަނީ ދެން މަފާޒަށް ފަރުވާ އެއްދެވޭނީ އުމުރުން 20 އަހަރާއި 25 އަހަރާއި ދެމެދުގައި ކަމަށެވެ.

އެހެންނަމަވެސް މަފާޒުގެ ލޮލުން ފެން އައުމާއި ކުއްޖާގެ ލޮލަށް އަޅާ ވޭނަކީ 20 އަހަރު ފުރެންދެން ކެތްވާނެ ދުވަސްތަކެއް ނޫން ކަމަށް މައުސޫމް ބުންޏެވެ. ކުއްޖާ އަށް އަޅާވޭން އިހުސާސްވާ ކަމަށާއި، 20 އަހަރުފުރެންދެން އެއީ ވަރަށް ގިނަ ދުވަސް ކަމަށްވެސް މައުސޫމް ބުންޏެވެ. އަދި އެދުވަސްތަކަށްވެސް ވަކި ފަރުވާ އެއް ލިބޭނެ ކަމަށް ޑޮކްޓަރުން ލަފާދެއްވާފަ ނުވާ ކަމަށެވެ. މަފާޒަށް ބޭނުންވަނީ ވިހާވެސް އަވަސްފަރުވާ އެއް ކަމަށް މައުސޫމް ބުންޏެވެ.  

your imageމަފާޒްގެ ބޭސްފަރުވާގެ ލިޔެކިޔުންތައް

އޭނާގެ ބައްޕަ ބުނީ ތައިލެންޑަށް މަފާޒު ގޮވައިގެން ދެވިއްޖެ ނަމަ ފަރުވާ އަވަސްވެ މިއަށްވުރެ ލިބޭ ވޭން ކުއްޖާ އަށް ކުޑަވެގެންދާނެ ކަމަށެވެ. އެގޮތުން މަފާޒު ގޮވައިގެން ދާން ގަސްތު ކޮށްފައިވަނީ ތައިލެންޑުގެ 'ބުމުރުންގާޑް' ހޮސްޕިޓަލަށް ކަމަށެވެ. 

މައުސޫމް ބުނީ އެއީ އެބައްޔައްޔަށް ފަރުވާ ލިބޭނެ ކަން އެގިފައިވާ ހޮސްޕިޓަލެއް ކަމަށެވެ.

your imageތައިލެންޑުގެ'ބުމްރަންގްރާޑް ހޮސްޕިޓަލުގެ ވެބަސައިޓުން ނަގާފައިވާ ފޮޓޯއެއް ......

'ބުމްރަންގްރާޑް'ގެ ކޯނިއާ ޓްރާންސްޕްލާންޓް ސެންޓަރަކީ ތައިލޭންޑްގައި އެބައްޔަށް ފުޅާ ދާއިރާއެއްގައި ފަރުވާ އާއި ހިދުމަތް ފޯރުކޮށްދޭ ފުރަތަމަ ޕްރައިވެޓް ހޮސްޕިޓަލެވެ. އެ ސެންޓަރުގައި ކޯނިއަލް ޓްރާންސްޕްލާންޓްގެ އެޑްވާންސް ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރު ލޮލުގެ ޑޮކްޓަރުންގެ ޓީމެއް ހިމެނެއެވެ. 

އެ ސެންޓަރުގައި ބަލިޖެހިފައިވާ ޕޭޝަންޓުން ދެނެގަތުމާއި، ފަރުވާ ދިނުމާއި ފޮލޯއަޕް މަރުހަލާގައި ޒަމާނީ މެޑިކަލް ޓެކްނޮލޮޖީ އާއި އާލާތްތައް ހިމެނެއެވެ.

އެ ބަލީގެ ފަރުވާއަށް ތައިލެންޑުގެ ބުމަރަންގާޑު ހޮސްޕިޓަލުން ނަގާނެ ކަމަށް ލަފާ ކުރެވޭ އަދަދަކީ 33000 ޑޮލަރެވެ. އެއީ ދިވެހި ރުފިޔާއިން ފަސްލައްކަ ފަސްދޮޅަސް ހާސް ފައްސަތޭކަ  ފަންސާސް ރުފިޔާއެވެ. 

އަދި ތައިލެންޑް ފަދަ ދުރުގައުމަކަށް ދިއުމުގައި ބޮޑު ހަރަދެއް ހޭދަވާނެ ކަމަށާއި، އަދި ފަރުވާ އަށް ގޮސް ތިބުމުގައި ހޭދަވާނީ ކިތައް ދުވަސް ކަމެއް ނޭނގޭ ކަމަށެވެ. މައުސޫމް އެދެނީ މަފާޒަށް ލޮލުގެ އަލިކަމެއް ލިބޭނެ ގޮތެކެވެ. އެހެންކަމުން ތި އެންމެންގެ ދީލަތި އެހީތެރިކަމަށް މައުސޫމް މިއަދުވަނީ ބޭނުންވެފައެވެ.

ގުޅޭނެ ނަމްބަރު:  7798697 (މައުސޫމް ހަސަން)  

އެކައުންޓް ނަމްބަރު:  ބީއެމްއެލް ދިވެހި ( މައުސޫމް ހަސަން ) 7712216293101

އެކައުންޓް ނަމްބަރު:  ބީއެމްއެލް ދިވެހި (މައުސޫމް ހަސަން )7730000435922

ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ

30%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް