ads
އަންދްރޭ އިނިއެސްޓާ
އިނިއެސްޓާ، އިންޓަ މިއާމީއާ ގުޅެނީ
ބާސެލޯނާ އަދި ސްޕެއިންގެ ފުޓްބޯޅަ ލެޖެންޑު އަންދްރޭ އިނިއެސްޓާ އިންޓަ މިއާމީއަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިނިއެސްޓާ މިހާރު ވަނީ މިއާމީއާއެކު އެއްބަސްވުމެއް އެކުލަވާލާފައެވެ. އިނިއެސްޓާއާއެކު ބާސެލޯނާގައި ކުޅުނު ވަރުގަދަ ލެޖެންޑުންތަކެއް މިހާރު ވަނީ މިއާމީއާއި ގުޅިފައެވެ. އޭގެ ތެރޭގައި ލިއޮނެލް މެސީ، ސާޖިއޯ ބުސްކެޓްސް އަދި ޖޯޑީ އަލްބާ ހިމެނެއެވެ. 

ސްޕެއިން އަދި ބާސެލޯނާގެ ކެޕްޓަންކަންވެސް ކުރި އިނިއެސްޓާ ބާސެލޯނާ ދޫކޮށްލީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ކުޅެމުން އައީ ޗައިނާ ޖޭ1 ލީގުގެ ވިސެލް ކޯބޭއަށެވެ. ބާސެލޯނާގައި އިނިއެސްޓާ ވަނީ 400 އަށްވުރެ ގިނަ މެޗު ކުޅެފައެވެ. 

މިދިޔަ މޭމަހު އިނިއެސްޓާ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނުވިސްނާ ކަމަށެވެ. އަދި އޭނާއަށް އެކަން ކުރުމުގެ ގާބިލްކަން ހުރިކަމަށް ގަބޫލުކުރެވޭ ކަމަށެވެ. 

އުމުރުން 39 އަހަރުގެ މިޑްފީލްޑަރު ވަނީ ބާސެލޯނާއާއެކު ހަތަރު ޗެމްޕިއަންސް ލީގު އަދި ނުވަ ސްޕެނިޝް ލީގު ތަށި ހާސިލްކޮށްފައެވެ. މީގެ އިތުރުން ސްޕެއިންގެ ގައުމީ ޓީމު 2010 ވަނަ އަހަރު ވޯލްޑް ކަޕްގެ ތަށި ނެގީވެސް އޭނާގެ ކެޕްޓަން ކަމުގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް