ads
އޮއިވާލި ކަނދުފަތި ހަރުކުރުމުގެ ތެރެއިން
ދެ ސަރަހައްދެއްގައި އޮއިވާލި ކަނދުފަތި ގާއިމްކޮށްފި
ދޮށީގެ މަސްވެރި ކަމަށް ހާއްސަކޮށްގެން ގާއިމުކުރާ އޮއިވާލި ކަނދުފަތިތަކުގެ ތެރެއިން ދެ އޮއިވާލި ކަނދުފަތި ޅ އަތޮޅުގައި ގާއިމުކޮށްފިއެވެ.

ކަނދުފަތިތައް ގާއިމުކުރުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފެށީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

ކަނދުފަތި އަލުން ގާއިމުކުރި ސަރަަހައްދުތައް

ޅ. ފާދޫގެ އިރު އުތުރުން 10.25 މޭލު ބޭރުގައި

ޅ. ރަތްރުއް ހުރާގެ އިރުން 30 މޭލުގައި

ބ. ކަށިފުށީގެ ހުޅަނގުން 9 މޭލު ބޭރުގައި

ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ އޮއިވާލި ކަނދުފަތިތަކަކީ ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ ލާބަޔާ މަންފާއަށް ބޮޑު ހޭދައެއް ކޮށްގެން ގާއިމުކޮށްފައިވާ ކަނދުފަތިތަކެއް ކަމަށާއި އެހެންކަމުން އެ ކަނދުފަތިތައް ކައިރީގައި އެހެން ކަހަލަ މަސްވެރިކަމެއް ނުކުރުމަށް ވަނީ އިލްތިމާސްވެސް ކޮށްފައެވެ.

މީގެ ކުރިން ފިޝަރީޒް މިނިސްޓްރީން ބުނެފައި ވަނީ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ގެސްޓްހައުސް ވިޔަފާރި އާއެކު މިހާރު ފުޅާވަމުން އަންނަ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން އަދި ސްޕޯޓް ފިޝިންއަށާއި ކެއިންބުއިމުގެ ބޭނުމަށް ރަށާއި ކައިރިން މަސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވަދު ކަނދުފަތި ގާއިމުކުރުމުގެ ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. 

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި އަލަށް ގާއިމުކުރާ ވަދު ކަނދުފަތިތަކާ އެކު، ރާއްޖޭގައި މަސްވެރިކަން ކުރުމަށް އަންނަ ފަތުުރުވެރިންނަށް މުޅިން އާ ފުރުސަތުތަކެއް ހުޅުވި މި މަސައްކަތުގައި ހަރަކާތްތެރިވާ ޒުވާނުންނަށް މަސްވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދުމުގެ އާ ދޮރެއް ހުޅުވިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމުގައެވެ. ކުދި އުޅަނދުފަހަރުގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ރަށާއި ކައިރިން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ކަމާ އެކު މަސްވެރިކަން ކުރުމުގެ ފުރުސަތު ފަހިވެ އޭގެ ސަބަބުން ކާނާގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށް ދެކޭ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް