ads
ކޭ ޕާކް އިންވެސްޓަރު އަދި މަންޑޭ
ހައްޔަރުކޮށްފައި ހުރުމުން މަންޑޭގެ ޕާސްޕޯޓް މި ވަގުތު ނުހިފައްޓާން ނިންމައިފި
ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ކޮންޑޮމީނިއަމް "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ހައްޔަރުކޮށްފައި ހުރުމުން މި ވަގުތު އޭނާގެ ޕާސްޕޯޓް ނުހިފައްޓަން ހައިކޯޓުން ނިންމައިފިއެވެ.

މަންޑޭގެ ޕަސްޕޯޓް ދޫކޮށްލި މައްސަލަ ދައުލަތުން އޮތީ އިސްތިއުނާފު ކޮށްފައެވެ. މި މައްސަލަ ވަކި ގޮތަކަށް ނިމުމުގެ ކުރިންވެސް މަންޑޭގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން ކޯޓުގައި އެދުނެވެ. އެހެންނަމަވެސް ހައިކޯޓުން ހޯމަ ދުވަހު ނިންމީ، މަންޑޭ މި ވަގުތު ހައްޔަރުކޮށްފައި ހުރުމުން މި ވަގުތަށް ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މައްސަލައިގެ މައުލޫގައި އެކަމަށް ގޮތެއް ކަނޑައަޅާނެ ކަމަށް ހައިކޯޓުން ނިންމިއެވެ.

މަންޑޭގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލިއަސް، އޭނާ ހުރީ މިހާރު ހައްޔަރުކޮށްފައެވެ. މަންޑޭ ހައްޔަރުކުރީ އޭނާ ފިލަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. އޭގެ ފަހުން ބަންދު މުއްދަތުވަނީ އިތުރުވެސްކޮށްފައެވެ.

މަންޑޭ ހައްޔަރު ކުރެވުނީ ވެސް ފުލުހުންނަށް އޭނާ ފިލައިގެން އުޅެނިކޮށް ކަމަށްވެއެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި މަންޑޭގެ ޕާސްޕޯޓް ދޫކޮށްލީ ޒަރޫރީ ބޭނުމެއްގައި ދަތުރު ކުރުމަށްޓަކައި ކަމަށާއި އަދި 45 ދުވަސް ތެރޭގައި ދަތުރު ނިންމުމަށްފަހު ކޯޓަށް އަންގަން މަންޑޭއަށް ޝަރުތުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ހަފްތާ ތެރޭގައެވެ.

ހުޅުމާލޭގައި 14 ބުރިއަށް އިމާރާތް ކުރަމުން އަންނަ ކޭ ޕާކް ރެޒިޑެންސްގެ ލޯކަލް އެޖެންޓް، ހަންބޯ މޯލްޑިވްސްއާ އެކުގައި ހެދި ކޮންޓްރެކްޓް އުވާލައި ޕްރޮޖެކްޓު ވީ އެންމެ އަވަހަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮރެއާގެ ހަންބޯ ކުންފުނިން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް