ads
ޖެންޑާ މިނިސްޓަރު ފޯމް ހަވާލު ކޮށްދެއްވަނީ
ޖެންޑާ މިނިސްޓަރު އައިޝާ އެމްޑީޕީއަށް ސޮއި ކުރައްވައިފި
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

މިނިސްޓަރު އައިޝާ އެމްޑީޕީއަށް ސޮއިކުރެއްވި އިރު އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ، ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް ތާއީދު އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން މިނިސްޓަރު ⁦‪އައިޝާ ވަނީ‬⁩ މިއަދު 85 މެންބަރުންގެ ފޯމު ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކޮށްދެއްވައިފައެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވަނީ އެމްޑީޕީގެ ޓިކެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖޭޕީގެ ޓިކެޓުގައި ގާސިމް އިބްރާހިމް، އެމްއެންޕީގެ ޓިކެޓުގައި މުހައްމަދު ނާޒިމް އަދި އަމިއްލަ ގޮތުން އުމަރު ނަސީރެވެ. ޕީޕީއެމްގެ ޓިކެޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރައްވާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރުގެ އިތުރުން އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވެސް ވަނީ އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް