އެމްއާރްއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެންބަރުން ބުރާސްފަތި ދުވަހު 16:00 އާއި ހަމައަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ވޯޓުލާނީ އަންނަ މަހުގެ 1 ވަނަ ދުވަހުއެވެ.
ޕާޓީގެ ރައީސް ފާރިސް މައުމޫނު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި، ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރުކަން ފާޅުކުރައްވާފައެވެ. ފާރިޝްގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންދަވާފައެވެ.
އެމްއާރުއެމް އަށް 3،000 މެމްބަރުން ހަމަނުވުމުން އިލްކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އެ ޕާޓީ އުވާލުމަށް ނިންމާފައެވެ. ނަމަވެސް އީސީގެ ނިންމުމަށް އަމަލުކުރުން ފަސް ކުރަން ސިވިލް ކޯޓުންވަނީ އަމުރެއް ނެރެފައެވެ.
އެމްއާރުއެމްއިން ބުނެފައިވަނީ އެ ޕާޓީ އުވާލުމަށް އީސީއާ ގުޅިގެން ސިޔާސީ ބަޔަކު ނުގަވާއިދުން މަސައްކަތް ކޮށްފައިވާކަމަށެވެ.