ads
އައިންތު އަލީ ވަޒީރު މަހްލޫފާއެކު
ބަޖެޓް ނެތިގެން ކޮމަންވެލްތް ޔޫތު ގޭމްސްއިން ރާއްޖެ ވަކިވެއްޖެ
ބަޖެޓް ނެތިގެން، ޓްރިނަޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ނުކުރަން ރާއްޖޭން ފަހު ވަގުތު ނިންމައި މުބާރާތުން ނަން ނަގައިފިއެވެ.

ކޮމަންވެލްތު ޔޫތު ގޭމްސް އޮންނާނީ އަންނަ މަހުގެ 4-11 އަށް ޓްރިނަޑާޑް އެންޑް ޓޮބޭގޯގައެވެ. އެނގިފައިވާ ގޮތުގައި އެ ގޭމްސްގައި ރާއްޖޭން ވާދަ ނުކުރަނީ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްޕޯޓްސް މިނިސްޓްރީ އަށް ވެސް ބަޖެޓްގެ ތާށިކަން އުޅޭތީ އެވެ. 

ކޮމަން ވެލްތް ޔޫތު ގޭމްސްގައި ބައިވެރިނުވާން ފަހު ވަގުތު ނިންމިއިރު، ކޮމަންވެލްތު ޔޫތު ގޭމްސް އަށް އޮލިމްޕިކް ކޮމިޓީން ރާއްޖޭގެ ޗެފް ޑި މިޝަންގެ ގޮތުގައި މަސައްކަތްކުރަން ކުޅިވަރުގެ ދާއިރާގައި ގިނަ މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ އައިމިނަތު އަލީ (އައިންތު) ވަނީ ހަމަ ޖައްސާފައެވެ.

އޮލިމްޕިކް ކޮމިޓީން ބުނީ މުބާރާތުގައި ވާދަ ނުކުރަން ނިންމަން ޖެހުމަކީ ހިތާމަވެރި ކަމެއް ކަމަށާއި ނަމަވެސް ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފުރުސަތުތަކެއް ހޯދައިދިނުމުގައި ކުރަމުން އަންނަ މަސައްކަތް އިތުރަށް ރަނގަޅަށް ކުރިއަށްގެންދާނެ ކަމަށެވެ.

ރާއްޖޭން މިއަހަރުގެ ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަ ނުކުރާން ނިންމިއިރު، ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ މުބާރާތަށް ދާ ގައުމީ ސްކޮޑް ވެސް އިއުލާން ކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް