ads
ގައުމީ އިނާމް ހާސިލް ކުރެއްވި ބޭފުޅުން
ޝަރަފްވެރިކަމުގެ އިނާމް 4 ބޭފުޅަކަށް، ހިތްވަރުދިނުނުގެ އިނާމް 17 ބޭފުޅަކަށް
މި އަހަރު ސަރުކާރުން ދޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށާއި ކުންފުންޏަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 17 ބޭފުޅަކަށާއި ޖަމިއްޔާއަކަށް މިއަދު ދީފިއެވެ.

މި އިނާމުތައް ދެއްވީ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ، ޝަރަފުގެ އައްޑަނަ އާއި ޝަރަފުގެ ބެޖެވެ. އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސް ދެއްވީ ހަނދާނީ ފިލައެކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މި އަހަރު 28 ބޭފުޅަކަށް ލިބިވަޑައިގެންނެވި އެވެ. މިއަދުގެ ޖަލްސާގައި އެ ބޭފުޅުންނަށް ވެސް އިނާމު ހަވާލުކުރެއްވި އެވެ.

ގައުމީ އިނާމު އެރުވި ބޭފުޅުންނާއި ކުންފުނި

• އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނަށް ހިދުމަތްކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން، އަހުމަދު ފަހުމީ ދީދީ، ގ. ސިނަމާލެ 1 13-01.

• ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ރަޝީދާ އިބްރާހީމް، އާރު، ގދ. ތިނަދޫ.

• ދަތުރުފަތުރުގެ ދާއިރާއިން، އަހުމަދު ޒުބައިރު، މ. މޯނިންގވިލެޖް.

• ކުޅިވަރުގެ ދާއިރާއިން، މައިޒާން އަލީ މަނިކު، ހ. އިސްދޫ.

• ފަތުރުވެރިކަމުގެ ދާއިރާއިން، ވޮޔޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ހިތްވަރުދިނުމުގެ ގައުމީ އިނާމު އެރުވި ބޭފުޅުން

•ގުރުއާން އިލްމު އުނގެނުމާއި އުނގަންނައިދިނުމުގެ ރޮނގުން، އިބްރާހީމް ރަމްޒީ، ހިޔާ، ށ. ފުނަދޫ.

• ދީނީ އިލްމު އުނގަންނައިދިނުމުގެ ރޮނގުން، ހަސަން ލަތީފް މޫސާ، ހިކަދިގަސްދޮށުގެ، ސ. ހިތަދޫ.

• ވާހަކަދެއްކުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން، އަލީ އަމީރު، ލަކީސްޓާ، ދ.ބަނޑިދޫ.

• ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން، ފާރޫގު އަހުމަދު، ކްރެޝެންޓްވިލާ، ހދ. ފިނޭ.

• ދިވެހިބަހާއި ބަހުގެ އިލްމު ކުރިއެރުވުމާއި ބަސް ދިރާސާކުރުމުގެ ރޮނގުން، ލިޔުންތެރިންގެ ގުޅުން ޖަމިއްޔާ

• އިހުގެ ފަންނުތައް ދިރުވައި އާލާކުރުމުގެ ރޮނގުން، އަބްދުއްސަމަދު އަލީ، ނިކަގަސްދޮށުގެ، މ. ވޭވަށް.

• ތައުލީމު އުނގަންނައިދިނުމުގެ ރޮނގުން، މުހައްމަދު ވަޖީހު، ޕޭންޓްލޭންޑް، ބ. އޭދަފުށި.

• ދޮށީގެ މަސްވެރިކަމާއި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ރޮނގުން، އިބްރާހީމް ރަޝީދު، ގުރަހަ، ހއ. އިހަވަންދޫ.

ގައުމީ އިނާމަކީ ގައުމާއި މުޖުތަމައުގެ ލާބަ އާއި މަންފާއަށްޓަކައި މަސައްކަތްކުރާ މީހުންނާއި މުއައްސަސާތަކާއި ޖަމިއްޔާތަކާއި ވިޔަފާރިތަކުން ކުރާ މަސައްކަތް އަގުވަޒަންކޮށް، ހިތްވަރުދިނުމުގެ ގޮތުން ސަރުކާރުން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އިނާމެކެވެ.

މިއަދު ޖަލްސާގައި ވަނީ ދައުލަތުގެ ގިނަ މަގާމުތަކެއް ދިގު މުއްދަތަކަށް ފުރުއްވާފައިވާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ އަށް ދިވެހި ދައުލަތުގެ މަތީ އިއްޒަތް، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ވެސް އަރުއްވައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް