ads
ރައީސް ސާލިހު އަދި ރައީސް މައުމޫނު
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު މަސައްކަތް ނުކުރާނަން: އެމްއާރުއެމް
އެމްޑީޕީއާއެކު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މަސައްކަތް ނުކުރަން އެމްއާރުއެމްއިން ނިންމައިފިއެވެ.

އެ ޕާޓީން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެެވެ. 

އެ ބަޔާނުގައި ބުނެފައިވަނީ، އެމްޑީޕީގެ އެންމެ އިވެސްވެރިއާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ދައުވަތެއް އެ ޕާޓީގެ ޒައީމް ރައީސް މައުމޫނު އަބްދުލް ގައްޔާމަށް ލިބިލެއްވިކަމަށެވެ. 

"މީގެ ކުރިން ރަސްމީކޮށް އަދި ލިޔެކިޔުން ބަދަލުކުރެވިގެންވެސް މި ޕާޓީގެ ސިޔާސަތައް ވާނީ ހާމަކުރެވުފަ. އެމްޑީޕީން ހުށަހަޅާފައިވާ ބައެއް ސިޔާސަތުތަކަށް އެމްއާރުއެމްއަށް އެއްބަސް ނުވެވޭތީ މި ޕާޓީގެ އެގްޒެކްޓިވް ކޮމެޓީގެ މިއަހަރުގެ 10 ވަނަ ބައްދަލުވުމުން ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ފުރުަތަމަ ބުރުގައި އެމްޑީޕީއާއެކު މަސައްކަތް ކުރަން ނުފެންނަކަމަށް،" -އެމްއާރުއެމް-

އެ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއަށްވެސް ހުޅުވާލާފައެވެ. 

އެމްއާރްއެމްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެންބަރުން މިއަދު 16:00 އާއި ހަމައަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ވޯޓުލާނީ އަންނަ މަހުގެ 1 ވަނަ ދުވަހުއެވެ. 

ޕާޓީގެ ރައީސް ފާރިސް މައުމޫނު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި، ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރުކަން ފާޅުކުރައްވާފައެވެ. ފާރިޝްގެ ކުށުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންދަވާފައެވެ. 

އެމްއާރުއެމް އަށް 3،000 މެމްބަރުން ހަމަނުވުމުން އިލްކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އެ ޕާޓީ އުވާލުމަށް ނިންމާފައެވެ. ނަމަވެސް އީސީގެ ނިންމުމަށް އަމަލުކުރުން ފަސް ކުރަން ސިވިލް ކޯޓުންވަނީ އަމުރެއް ނެރެފައެވެ. 

އެމްއާރުއެމްއިން ބުނެފައިވަނީ އެ ޕާޓީ އުވާލުމަށް އީސީއާ ގުޅިގެން ސިޔާސީ ބަޔަކު ނުގަވާއިދުން މަސައްކަތް ކޮށްފައިވާކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް