ads
ރައީސް ސާލިހު އަދި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން
އެމްއާރުއެމް އިން ކޯލިޝަން ނުހެދުމަކީ ގެއްލުމެއް ނޫން: އެމްޑީޕީ
އެމްއާރުއެމްއިން އެމްޑީޕީއާއެކު ކޯލިޝަން ނުހެދުމަކީ ގެއްލުމެއް ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ އިދާރީ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

އެމްއާރުއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީއާއެކު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ހަދަން ނުނިންމީ އެމްޑީޕީން ހުށަހެޅި ބައެއް ސިޔާސަތުތައް އެ ޕާޓީއަށް ކަމުނުދާތީކަމަށެވެ. 

ނަމަވެސް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރޭ މިއަދު ވިދާޅުވީ އެމްޑީޕީން ސިޔާސަތުތައް އެކުލަވާލަނީ ރައްޔިތުންނާއި މަޝްވަރާކޮށްގެން ކަމަށެވެ. އަދި އެމްއާރުއެމްއިން ކޯލިޝަން ނުހެދުމަކީ ގެއްލުމެއް ނޫންކަމަށެވެ. 

އިބުރޭ މިހެން ވިދާޅުވިއިރު، އެމްއާރުއެމް އަކީ މިހާރުވެސް ތިންހާސް މެންބަރުން ހަމަނުވެގެން އިލެކްޝަންސް ކޮމިޝަނުން އުވާލަން ނިންމާފައިވާ ޕާޓީއެކެވެ. އެ ޕާޓީ އުވާނުލައި އޮތީ ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރެއްގެ ދަށުންނެވެ. 

އެމްރާއުއެމްއިން ވަނީ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއަށް ވެސް ހުޅުވާލާފައެވެ. އަންމަ މަހުގެ 1 ވަނަ ދުވަހު ޕަރައިމަރީގައި ވޯޓުލުން އޮންނާނެއެވެ. 

އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ. 

އެމްޑީޕީއާއެކު އަންނަ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އަދި އެމްޑީއޭއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް