ads
ރައީސް ސާލިހު އަދި އައްބާސް ފާއިޒް
އިންސާނީ ހައްގުތަކުގައި ރާއްޖެއިން ބޮޑު ކުރިއެރުމެއް ހޯދައިފި: އައްބާސް ފާއިޒް
އިންސާނީ ހައްގުތަކުގައި ދިވެހިރާއްޖެއިން ބޮޑު ކުރިއެރުމެއް ވަނީ ހޯދާފައިކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ދިވެހިރާއްޖެއަށް 20 އަހަރު ދުވަސް ވަންދެން ކަނޑަޅާފައި ހުރި މެންބަރު، އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

"2003 ވަނަ އަހަރުގެ ޖުލައި މަހު އެމްނެސްޓީން ނެރުނު ފުރިހަމަ ރިޕޯޓަށް ފަހު ފާއިތުވި 20 އަހަރު ތެރޭގައި އިންސާނީ ހައްގުތަކުގެ ރަނގަޅު މުސްތަގުބަލަކަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ ހިފަހައްޓާފައިވޭ. މިކަމުގެ ހެކިވެރިއަކަށް ވީތީ ފަޚުރުވެރިވަން،" އައްބާސް ފާއިޒް ވިދާޅުވިއެވެ.

އައްބާސް ފާއިޒް އަކީ އެމްނެސްޓީގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. 

އެމްނެސްޓީން އޭރު ބެލި ހާއްސަ ކަންކަމުގެ ތެރޭގައި ނުހައްގުން މީހުން ޖަލައްލުމާ، ބަންދުގައި ބައިތިއްބައިގެން މީހުންނަށް އަނިޔާކުރުމާއި މަރުތައް ހިމެނެއެވެ. އޭރު ހިންގި މިފަދަ ލާއިންސާނީ އަމަލުތައް އައްބާސް ދިޔައީ އެމްނެސްޓީއަށް ރިޕޯޓުކުރައްވަމުންނެވެ.

your imageއައްބާސް ފާއިޒް އަދި އެޓާނީ ޖެނެރަލް ރިއްފަތު

އައްބާސް ފާއިޒް އަކީ ރައީސް ސާލިހުގެ ފަރާތުން ރައީސް ނަޝީދަށް 2021 ވަނަ އަހަރު މޭމަހު ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ކަނޑައެޅުއްވި ސްޕެޝަލް އެންވޯއީވެސްމެއެވެ. 

އެމްނެސްޓީ އިންޓަނޭޝަނަލް އިން ދިވެހި ރާއްޖެއާ ގުޅޭގޮތުން އެންމެ ފުރަތަމަ ރިޕޯޓެއް ނެރުނުތާ 20 އަހަރު ފުރުން ފާހަގަކުރަން ހާއްސަ ޕެނަލް ޑިސްކަޝަން އެއް ބާއްވަން އެ ޖަމިއްޔާއިން ވަނީ ނިންމާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް