ads
ފާރިޝް ފޯމް ހުށަހަޅުއްވަނީ
އެމްއާރްއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް ފާރިޝް ފޯމް ހުށަހަޅުއްވައިފި
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ.

ފާރިޝް ހުށަހެޅުއްވި ފޯމާ ހަވާލުވެފައިވަނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އާލިމްއެވެ. އެ ފޮޓޯއަކާއެކު އެމްއާރުއެމް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ޕާޓީގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއަވާ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް ފާރިސް ވާދަކުރެއްވުމަށް މިއަދު ފޯމް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެމްއާރުއެމުން ރިޔާސީ ޕްރިމަރީއަށް ހުޅުވާލީ މިދިޔަ އަންގާރަ ދުވަހުއެވެ. ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ދީފައިވަނީ އެމްއާރްއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަވާތާ އެއް އަހަރުވެފައިވާ މީހުންނަށެވެ.

ފާރިސް އަންނަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރައްވަންޖެހޭ އިދާރީ މަސައްކަތްތައް ކުރައްވަމުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ އާ ކޯލިޝަން ނުހަދަން އެމްއާރްއެމް އިން ވަނީ ނިންމާފައެވެ. 

އެމްއާރުއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެމްޑީޕީން ހުށަހަޅާފައިވާ ބައެއް ސިޔާސަތުތަކަށް އެ ޕާޓީއަށް އެއްބަސް ނުވެވޭތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ އާއެކު މަސައްކަތް ކުރަން ނުފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ.

އެމްއާރުއެމްގެ މި ނިންމުމާ ގުޅިގެން އެމްޑީޕީން ބުނެފައިވަނީ އެމްއާރުއެމް ނެތަސް އެޕާޓީއަށް ގެއްލުމެއް ނެތްކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް