ads
ޑރ. ފަރަހަނާޒު ފައިސަލް (ފަރާ)
އައްބާސްގެ ވާހަކަތަކަށް ޑރ. ފަރާގެ ޝުކުރު
އެމްނެސްޓީ އެންޓަނޭޝަނަލް ގައި 20 އަހަރު މަސައްކަތް ކުރެއްވި އައްބާސް ފާއިޒް، ރާއްޖެއިން އިންސާނީ ހައްގުތަކުގައި ބޮޑު ކުރިއެރުމެއް ވިދާޅުވެފައިވާތީ، ޔޫކޭގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ޑރ. ފަރަހަނާޒު ފައިސަލް (ފަރާ) ޝުކުރު އަދާކުރައްވައިފިއެވެ.

ޑރ. ފަރާ މިއަދު ވިދާޅުވީ އިންސާނީ ހައްގުތައް ރާއްޖޭގައި ރަނަގަޅަށް ދާކަމަށް ވިދާޅުވުމަށް އައްބާސް ފާއިޒްއަށްވުރެ ހައްގު ބޭފުޅަކު ނުހުންނާނެކަމަށެވެ. 

"“ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ” ހިފެހެއްޓުމުގެ ހަގީގީ ހެކިވެރިއެއްގެ ގޮތުގައި، ތިޔަބޭފުޅުންނަށްވުރެ ރަނގަޅަށް މިކަމާ ގުޅޭގޮތުން ކޮމެންޓް ކުރުމުގެ ބާރެއް އެއްވެސް މީހަކަށް ނެތް،" ފަރާ މިއަދު ވިދާޅުވިއެވެ.

އިންސާނީ ހައްގުތަކުގައި ދިވެހިރާއްޖެއިން ބޮޑު ކުރިއެރުމެއް ރާއްޖެއިން ހޯދާފައިކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ދިވެހިރާއްޖެއަށް 20 އަހަރު ދުވަސް ވަންދެން ކަނޑަޅާފައި ހުރި މެންބަރު، އައްބާސް ފާއިޒް ވިދާޅުވީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

"2003 ވަނަ އަހަރުގެ ޖުލައި މަހު އެމްނެސްޓީން ނެރުނު ފުރިހަމަ ރިޕޯޓަށް ފަހު ފާއިތުވި 20 އަހަރު ތެރޭގައި އިންސާނީ ހައްގުތަކުގެ ރަނގަޅު މުސްތަގުބަލަކަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ ހިފަހައްޓާފައިވޭ. މިކަމުގެ ހެކިވެރިއަކަށް ވީތީ ފަޚުރުވެރިވަން،" އައްބާސް ފާއިޒް ވިދާޅުވިއެވެ. 

your imageއައްބާސް ފާއިޒް އަދި އެޓާނީ ޖެނެރަލް ރިއްފަތު

އައްބާސް ފާއިޒް އަކީ އެމްނެސްޓީގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްނެސްޓީން އޭރު ބެލި ހާއްސަ ކަންކަމުގެ ތެރޭގައި ނުހައްގުން މީހުން ޖަލައްލުމާ، ބަންދުގައި ބައިތިއްބައިގެން މީހުންނަށް އަނިޔާކުރުމާއި މަރުތައް ހިމެނެއެވެ. އޭރު ހިންގި މިފަދަ ލާއިންސާނީ އަމަލުތައް އައްބާސް ދިޔައީ އެމްނެސްޓީއަށް ރިޕޯޓުކުރައްވަމުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް