ads
އޮލިމްޕިކް ކޮމިޓީގެ ރައީސް
ކޮމަންވެލްތު ޔޫތު އޮލިމްޕިކްސްއިން އެކަށިީގެންވާ ކާމިޔާބެއް ނުލިބޭނެ
އަންނަ މަހުގެ 4-11 އަށް ޓްރިންޑާޑް އެންޑް ޓޮބޭގޯގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސްގައި ރާއްޖޭން ވާދަނުކުރަން ނިންމީ އެ އިވެންޓްގައި ވާދަކޮށްގެން އެކަށީގެންވާ ކުރިއެރުމެއް ނުވަތަ ކާމިޔާބެއް ލިބޭނެ ކަމަށް ނުފެންނާތީ ކަމަށް އޮލިމްޕިކް ކޮމިޓީން ބުނެފިއެވެ.

އޮލިމްޕިކް ކޮމިޓީން މިހެން ބުނީ، ބަޖެޓް ނެތިގެން ކޮމަންވެލްތު ޔޫތް ގޭމްސްގައި ރާއްޖޭން ބައިވެރިނުވާން ނިންމި ކަމަށް ހަބަރު ފެތުރިފައިވާތީ އެކަން ސާފުކޮށްދިނުމަށް ނެރުނު ސްޓޭޓްމެންޓެއްގައެވެ. އެމްއޯސީން ދިވެހިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޓީން މީގެ ކުރިން އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގެ މާނަ އޮޅޭގޮތަށް ކަންކަން ހިނގަމުންދާތީވެ، އެކަން ސާފުކޮށްދޭން ބޭނުންވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުން، އެމްއޯސީ އާއި ޔޫތު މިނިސްޓްރީން މަޝްވަރާ ކުރުމަށް ފަހު އެ ގޮތަށް ނިންމި އެންމެ ބޮޑު ސަބަބަކީ، ޓްރިންޑާޑް އެންޑް ޓޮބޭގޯ އަށް ދިއުމަށް ޓިކެޓްގެ ހަރަދަށް އެކަނި ވެސް 1.2 މިލިއަން ރުފިޔާ ހަރަދުވާއިރު، އެ މުބާރާތުގައި ވާދަކުރަން ދާން ތިބި އެތުލީޓުންނަށް ދިގު ދަތުރުތަކެއް ކޮށް، އިވެންޓްގައި ވާދަކޮށްގެން އެކަށީގެންވާ ކުރިއެރުމެއް ނުވަތަ ކާމިޔާބެއް ލިބޭނެ ކަމަށް ނުފެންނާތީ އެވެ. އެހެންވެ، އެ ފައިސާ އެ އަށް ވުރެ މުހިންމު އަދި ބޭނުންތެރި ކަންކަމަށް ހަރަދުކުރުމުގެ ވިސްނުން އިސްކުރީ ކަމަށް ބަޔާނުގައިވެ އެވެ.

ކޮމަން ވެލްތު ޔޫތު ގޭމްސްއިން ވަކިވީ ބަޖެޓް ނެތިގެން ނޫން ކަމަށް ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފުވެސްވަނީ ވިދާޅުވެފައެވެ. ކޮމަން ވެލްތް ޔޫތު ގޭމްސްގައި ބައިވެރިނުވާން ފަހު ވަގުތު ނިންމިއިރު، ކޮމަންވެލްތު ޔޫތު ގޭމްސް އަށް އޮލިމްޕިކް ކޮމިޓީން ރާއްޖޭގެ ޗެފް ޑި މިޝަންގެ ގޮތުގައި މަސައްކަތްކުރަން ކުޅިވަރުގެ ދާއިރާގައި ގިނަ މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ އައިމިނަތު އަލީ (އައިންތު) ވަނީ ހަމަ ޖައްސާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް