ads
އިޓަލީ އާއި ތުރުކީ
ތުރުކީ އާއި އިޓަލީ ގުޅިގެން 2032 ޔޫރޯ ހޯސްޓު ކުރުމަށް ބިޑްކުރަނީ
ތުރުކީއާއި އިޓަލީ ގުޅިގެން ޔޫރޯ 2032 ހޯސްޓު ކުރުމަށް ބިޑްކުރަން ނިންމައިފިއެވެ.

ތުރުކީން ވަނީ 2028 އަދި 2032 ވަނަ އަހަރުގެ ޔޫރޯ ހޯސްޓު ކުރުމަށްވެސް ބިޑްކޮށްފައެވެ. އިޓަލީން ބިޑް ކޮށްފައިވަނީ 2032 ގެ ޔޫރޯ ހޯސްޓު ކުރަން އެކަންޏެވެ. އެހެންކަމުނ ތުރުކީން ވަނީ ދެގައުމު ގުޅިގެން 2032 ގެ ޔޫރޯއަށް ބިޑްކުރަން ނިންމާފައެވެ. 

ރިޕޯޓުތައް ބުނާ ގޮތުން 2032 ހޯސްޓު ކުރުމަށް އިޓަލީ އާއި ތުރުކީ ގުޅިގެން ހުށަހަޅާ ބިޑް ޔުއެފާއިން ގަބޫލުކޮށްފިނަމަ، 2028 އަށް އެގައުމުން ކޮށްފައިވާ ބިޑް އަނބުރާ ނަގާނެއެވެ. އެގޮތަށް އެކަން ވެއްޖެނަމަ 2028 ގެ ޔޫރޯ ހޯސްޓު ކުރުމަށް ވާދަކުރާނީ އިނގިރޭސިވިލާތާއި އަޔަލެންޑް އެކަންޏެވެ. 

ޔުއެފާ ޔޫރޯ 2028 އަދި 2032 ހޯސްޓުކުރާނެ ގައުމުތައް ޔުއެފާއިން ނިންމާ، އިއުލާނުކުރާނީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް