ads
ދިރާގު ޑްރޯން ޝޯގެ ތެރެއިން:-
ދިރާގުން ހޯމް މިނިސްޓްރީ އާއެކު ބޭއްވި ޑްރޯން ޝޯއަށް އާންމުންގެ ބޮޑު ތަރުހީބެއް
ރާއްޖޭގެ 58 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އާއި ހޯމް މިނިސްޓްރީ ގުޅިގެން ރޭ ބޭއްވި ޑްރޯން ޝޯއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މި ޝޯގައި ވަނީ ރާއްޖެއާއި އަދި މިނިވަންކަމާ ގުޅުން ހުރި ތަފާތު ބަސްތަކާއި، އަދި ތަސްވީރުތައް ޑްރޯން މެދުވެރިކޮށް ވައިގެ ތެރޭގައި ކުރަހާފައެވެ. 

ދިރާގުން ބުނީ މި ޑްރޯން ޝޯ ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އާބަންކޯ އާއި ހޯމް މިނިސްޓްރީ ގުޅިގެން ބޭއްވި މިނިވަން އުފާ ކާނިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ކަމަށެވެ. އެގޮތުން 300 ޑްރޯން އާއެކު ބޭއްވި މި ޝޯގައި ތަފާތު ރީތި ދިވެހިވަންތަ ޑިޒައިންތައް ދައްކާލާފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ކާނިވަލަށް ޒިޔާރަތްކުރި ގިނަ ފަރާތްތަކަކުން މި ޑްރޯން ޝޯ ބައްލަވާލައްވާފައިވާ ކަމަށެވެ.

"އާންމުނަށް ހުޅުވާލައިގެން ރާއްޖޭގައި މި ބޭއްވި ފުރަތަމަ ޑްރޯން ޝޯއަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން އަޅުގަނޑުމެން އުފަލާ އެކު ފާހަގަ ކުރަން. ޑްރޯންއަކީ ދުނިޔޭގައި ވެސް އެންމެ ކުރިއަރަމުން އަންނަ އެއް ޓެކްނޮލޮޖީ. އެގޮތުން، ދިވެހިރާއްޖޭގެ ލީޑިން ޑިޖިޓަލް ސާވިސް ޕްރޮވައިޑަރުގެ ހައިސިއްޔަތުން މިފަދަ އެންމެފަހުގެ ޓެކް ރާއްޖެއަށް ގެނެސް، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް ތަފާތު އާ ތަޖުރިބާތަކެއް ގެނެސްދިނުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒު،"  ދިރާގުގެ އެސިސްޓަންޓް މެނޭޖަ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭފަދަ ތަފާތު މުނިފޫހިފިލުވުމާއި އިޖުތިމާއީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް