ads
އީސީގެ ނައިބް ރައީސް އިސްމާއީލް ހަބީބް..
މިވަގުތަށް ވޯޓުފޮށި ބެހެއްޓޭކަން ކަށަވަރުވަނީ ދެ ގައުމެއްގައި: އީސީ
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓޭކަން މިހާތަނަށް ކަށަވަރުވެފައިވަނީ، މެލޭޝިޔާ އާއި އިނގިރޭސިވިލާތުގައި އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު މިއަދު ވިދާޅުވީ، އިއްޔެގެ ނިޔަލަށް ރީ-ރަޖިސްޓްރީކުރަން ހުށަހެޅީ 11933 ފޯމު ކަމަށާއި މީގެ ތެރެއިން 8624 ފޯމަކީ އޮންލައިންކޮށް ލިބިފައިވާ ފޯމުތަކެއް ކަމަށެވެ. 

އަދި ވޯޓު ފޮށި ބަހައްޓަން ނިންމި 8 ގައުމުގެ ތެރެއިން މިހާތަނަށް ވޯޓު ފޮށި ބެހެއްޓޭކަން ކަށަވަރުވެފައިވަނީ މެލޭޝިޔާއާއި އިނގިރޭސިވިލާތުގައި ކަމަށް ހަބީބް ފާހަގަ ވިދާޅުވިއެވެ. މި ދެ ގައުމު ފިޔަވައި ދެން ވޯޓު ފޮށި ބަހައްޓަން އީސީން ނިންމި ގައުމުތަކަކީ ސްރީ ލަންކާ، އިންޑިއާ، ޖަޕާން، ތައިލެންޑް، ޔޫއޭއީ، އަދި ސިންގަޕޫރެވެ.

ބާކީ ހުރި ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓޭ ވަރަށް، ވޯޓުލާ މީހުން ރަޖިސްޓްރީވެފައި ނުވާކަމަށާއި، އެންމެ ފަހު ވަގުތާ ޖެހެންދެން ނުތިއްބަވައި، ވީހާވެސް އަވަހަކަށް ރީ-ރެޖިސްޓްރީ ކުރެއްވުމަށް ހަބީބުވަނީ އިލްތިމާސް ކުރައްވާފައެވެ.

ރީ-ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ މައުލޫމާތު އެ ކޮމިޝަނުގެ ވެބްސައިޓުގައި ހާމަކުރަމުންދާ ކަމަށާއި ސިޔާސީ ޕާޓީތަކާއިވެސް ހިއްސާކުރެވެމުންދާ ކަމަށްވެސް ހަބީބު ފާހަގަ ކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް