ads
މަަންޑޭ ހައިކޯޓުގައި
ފިލާފާނެ ކަމަށް ދައުލަތުން ތުހުމަތު ކުރަނިކޮށް މަންޑޭ ދޫކޮށްލައިފި
ފިލައިގެން ގޮސްފާނެ ކަމަށް ދައުލަތުން ތުހުމަތު ކުރަމުންދާ، ހަސަން މަމްދޫހު (މަންޑޭ) ކޯޓުން ދޫކޮށްލައިފިއެވެ.

ހުޅުމާލޭގައި ހަދަމުންދާ ކޭ ޕާކް ފްލެޓްތަކުގެ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގު ހިންގަމުންދާ ހަސަން މަމްދޫހު (މަންޑޭ) ދޫކޮށްލީ، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލޭ ކޯޓަށް ހާޒިރު ކުރުމުންނެވެ. 

އޭނާ ދޫކޮށްލިއިރު، އޭނާގެ ޕާސްޕޯޓް މީގެ ކުރިން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އޮތީ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ފިލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން މަންޑޭ ހައްޔަރުކޮށް، އޭނާ ބަންދުކުރީ މި މަހުގެ ހައެއްގަ އެވެ. މަންޑޭ ހައްޔަރު ކުރުމުން މަންޑޭ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެކަމަކު ހައިކޯޓަށް އެ މައްސަލަ ބަލައި ނުގަނެއެވެ.

އަނެއް ކޮޅުން، މަންޑޭގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، މައްސަލަ ނިމެންދެން މަންޑޭގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން ހައިކޯޓުގައި އެދުމުން އެ ގޮތަށް އަމުރުކޮށްފައިނުވަނީ މަންޑޭ ހައްޔަރުކޮށްފައި ހުރުމުންނެވެ. އެ މައްސަލަ ހައިކޯޓުގައި ބަލައި އަދި ނުވެސް ނިމެއެވެ.

މަންޑޭގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގަން ފެށީ ހަންބޯ ކުންފުންޏަށް ނޭނގި ފްލެޓް ވިއްކި ކަމަށް ބުނެ އެ ކުންފުނީގެ މައި ހިއްސާދާރު އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް